ދުޅަހެޔޮ އިސްތަށިގަނޑަކީ ގިނަ ފަހަރު ތިބާގެ އަތުގައި އޮތް ނުވަތަ އަތުގައި ނެތް އެއްޗެއްގެ ގޮތުގަ ބެލެވޭ އެއްޗެކެވެ. ހިކިކޮށް ހުރުމާއި، ފްރިޒް ވުމާއި، ދެކަފިވުމާއި ހަންފޮޅުން އަދި ހަލާކުވުން ފަދަ މައްސަލަތަކަކީ ގެއްލުން ހުރި އަދި އިސްތަށިގަނޑުގެ ރީތިކަން ގެއްލޭ ކަމެއްގެ ގޮތުގައި ބެލެވެ އެވެ. ބައެއް އިސްތަށީގެ ބާވަތްތަކަކީ  ހިކިކޮށް އަދި ކިސުޅިކޮށް ހުރުމުގެ ފުރުސަތު ބޮޑު ބާވަތްތަކެއް ކަން މިއީ ހަގީގަތަކަށް ވީ ނަމަވެސް، ރަނގަޅު ފަރުވާ އަދި ކާނާގެ ބާވަތްތަކުން ހައްލު ނުކުރެވޭނެމާބޮޑު ކަމެއް ނެތެވެ. ގޭގައި އިސްތަށިތަކަށް ޑީޕް ކޮންޑިޝަނިން ދިނުމަކީ ގުދުރަތީ މާއްދާތަކުން އިސްތަށިގަނޑަށް ފަރުވާ ކުރެވިދާނެ އެންމެ ރަނގަޅު އެއް ގޮތް ކަމަށް ވެ އެވެ.

އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ގޭގައި ދެވިދާނެ ވަރަށް ގިނަ ޑީޕް ކޮންޑިޝަނިން ފަރުވާތައް އެބަހުއްޓެވެ. އިސްތަށިގަނޑުގެ ބާވަތަށް ބެލުމެއް ނެތި، އިސްތަށިގަނޑު ހަލާކުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ގިނަ ފަހަރަށް މޮއިސްޗާ ނުވަތަ ތެތްކަން ނެތުމެވެ. ތިރީގައި މި ހިމަނާލަނީ މުޅިން ވެސް އަތްފޯރާ ފަށުގައި އަދި ގޭގެ ބަދިގޭގައި ބޭނުންކުރެވޭ ބައެއް ތަކެތިން އިސްތަށިގަނޑުގައި އުނގުޅައިގެން ފަރުވާ ހޯދޭން ބައެއް ތަކެއްޗެވެ.

ޔޯގަރޓް

ޔޯގަޓްގައި ލެކްޓިކް އެސިޑްގެ ބައި އެކުލެވިގެންވާއިރު، މިއީ ބޮލުގެ ނާށިގަނޑު ނާޒުކުކަމާއި އެކު އެކްސްފޯލިއޭޓް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި އޭގެ ސަބަބުން އިސްތަށީގެ ބުޑުތައް އޮމާންވެ، އިސްތަށީގައި ހުންނަ ކިސުޅިގޮތް ކަނޑުވާލައެވެ. ޔޯގަޓް ގެ ސަބަބުން ބޮލުގެ އިސްތަށިގަނޑު އެކްސްފޯލިއޭޓްވެ، ހެއާ ފޮލިކަލްތައް ވަރުގަދަކޮށް، ސެބަމް ޕްރޮޑަކްޝަން ކޮންޓްރޯލް ކުރާ ފަދައިން މާބޮޑަށް ތެޔޮވާ އިސްތަށިގަނޑު ހުންނަ މީހުންނަށް މިއީ އެންމެ ފުރިހަމަ ޑީޕް ކޮންޑިޝަނަރ އެވެ. އިންޑިއާގައި އާންމު ގޮތެއްގައި ޔޯގަރޓް ބޭނުން ކުރަނީ މަޑު އިސްތަށިގަނޑަށް އޮފްކަމާއި އޮމާންކަން އިތުރު ކުރުމަށާއި ބޮލުން ހަންފޮޅުމަށް  ފަރުވާ ކުރުމަށެވެ. އަދި އޭގެ ސަބަބުން އިސްތަށިގަނޑު އިތުރަށް ބަލަހައްޓަން ފަސޭހަވާގޮތް ވެސް ވެ އެވެ. އާދައިގެ ޔޯގަޓްގެ ބަދަލުގައި ގްރީކް ޔޯގަޓް ބޭނުންކޮށްގެން ވެސް އިސްތަށިގަނޑަށް ޕްރޮޓީން ބޫސްޓެއް ދެވިދާނެ އެވެ. ގްރީކް ޔޯގަޓްގައި އާންމުކޮށް ޔޯގަޓްގައި ހިމެނޭ ޕްރޮޓީންގެ ދެގުނަ އެކުލެވިގެންވެއެވެ.

އެލޯވެރާ

އެލޯވެރާ އަކީ %95 ފެން އެކުލެވިގެންވާ ތެތްކަންހިފަހައްޓައިދޭ އެމޮލިއެންޓް އެކެވެ. މިއީ އިސްތަށި ބުޑުތަކުގެ މޮއިސްޗަރ ހިފަހައްޓައިދޭ އެމޮލިއެންޓް އެކެވެ.  ބޮލުގެ އިސްތަށިގަނޑުގައި އެލޯވެރާ ޖެލް ބޭޏުންކޮށްގެން މަސާޖުކުރުމަކީ ވެސް އިސްތަށި ފޭބުން ހުއްޓުވައި، ދުޅަހެޔޮ ކޮށް އިސްތަށިގަނޑު ހެދިބޮޑުވުމަށް ބާރުއަޅާ ކަމެއް ކަމަށް ބުނެވެއެވެ. ގަވާއިދުން އެލޯވެރާ ބޭނުންކުރުމަކީ ބޮލުގައި ރިއްސުމާއި، ބޮލުން މީރުވަސްދުވުމާއި ބޯ އިސްތަށިގަނޑަކަށް މަގުފަހިކުރުވާ އެއްޗެކެވެ އެލޯވެރާގެ އެންޓި އިންފްލެމޭޓަރީ ޕްރޮޕަޓީސް އަކީ ވެސް ބޮލުގެ އިސްތަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި ހަންފޮޅުން ފަދަ މައްސަލަތައް ކޮންޓްރޯލް ކުރުމަށް ރަނގަޅު އެއްޗެކެވެ.

ކުކުޅުބިހާއި މެޔޮނައިސް

ބިހަކީ ގިނައަދަދަކަށް ޕްރޮޓީންއެކުލެވޭ އެއްޗެކެވެ. އިސްތަށިގަނޑުގައި އެކުލެވޭ މައިގަނޑު އެއްޗަކީ ޕްރޮޓީންކަމަށް ވާއިރު، އިސްތަށިގަނޑަށް އެންމެ ރަނގަޅު ކާނާ އަކީ ކުކުޅުބިހެވެ. މީގެ އިތުރުން އޭގައި ވިޓަމިން ބީ އާއި ބަޔޯޓިން އެކުލެވިގެންވާއިރު މިއީ އިސްތަށި ފޭބުމުން ދުރުކޮށްދޭ މުހިއްމު ނިއުޓްރިއެންޓްތަކެކެވެ. މޭޔޮނައިޒް ގައި އެކުލެވޭ ބިހުގެ، ފެޓީ އޮއިލްގެ އަކީ އިސްތަށިގަނޑު ތާޒާކޮށް އޮފުކަން ގެނުވައެވެ. އަދި ވިނިގާ އާ އެކު ބިހާއި މެޔޮނައިޒް ބޭނުންކުރުމުން އިސްތަށިގަނޑު އެއްކޮށް ސާފުކޮށްދެއެވެ. 

ހީނާފަތް

ހީނާފަތް ހަމައެކަނި އިސްތަށިގަނޑު ކޮންޑިޝަން ކުރަނީއެއް ނޫނެވެ. ހީނާފަތް ކޮންޑިޝަނިން ޕެކް އަކީ ކުލައަކުން ނުރައިސްތަށި ފޮރުވަން ބޭނުންވާ މީހުންނަށް ވަރަށް ފުރިހަމަ، ނުވަތަ ހަމައެކަނި ޒީރޯ ޑެމޭޖް ބޭނުންކޮށްގެން އިސްތަށިގަނޑުގައި ކުލަ ޖެއްސުމަށް ރަނގަޅު އެއްޗެކެވެ. ހީނާގައި އެންޓިމައިކްރޯބިއަލް ޕްރޮޕަޓީސް އެކުލެވިގެންވާއިރު، މިއީ ބޮލުގެ އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް  ވަރަށް މުހިންމު މާއްދާއަކަށް ހަދައިދެއެވެ. އަދި އިސްތަށީގެ ތަތްކަމާއި އާއި ކުނީގެ ބިލްޑްއަޕް ފިލުވާލާއިރު އިސްތަށިގަނޑު އޮމާންކޮށް، ފަސޭހައިން ގެންގުޅެވޭގޮތް ހެދުމަށް ވަރަށް އެހީތެރޮވެދޭ އެއްޗެކެވެ. 

ގްރޭޕްސީޑް އޮއިލް

ގްރޭޕްސީޑް ތެލަކީ ލިނޯލެއިކް އޮއިލް އާއި ވިޓަމިން އީ އިން މުއްސަނދިވެފައިވާ ތެލެކެވެ. މިއީ ވަރަށް ބޮޑަށް އެންޓިއޮކްސިޑެންޓް އަދި އެމޮލިއަންޓް އެކުލެވޭ ތެލެކެވެ. އެންޓިއޮކްސިޑެންޓްތަކަކީ އިސްތަށިގަނޑަށް ގެއްލުންދޭ ފްރީ ރެޑިކަލްތަކާ ހަނގުރާމަކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިތެލުގައި ހުންނަ އެމޮލިއެންޓް ޕްރޮޕަޓީސްތަކުގެ ސަބަބުން އިސްތަށިގަނޑުގެ ތެތްކަން ސީލް ކުރުމަށް ނުވަތަ ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ބޮލުގެ ނާށިގަނޑު ސާފުކޮށް، ޑެންޑްރަފް އަށް ފަރުވާކޮށް، އިސްތަށިގަނޑު އޮމާންކޮށް، ކިސުޅިވުމާއި، ދެކަފިވުން، އަދި އިސްތަށި ބުރިބުރިވުން ފަދަ މައްސަލަތަކުން ދުރުކޮށްދިނުމަށް ވެސް އެހީތެރިވެދެ އެވެ.