ރާއްޖެ ފަދަ ހޫނު ޤައުމެއްގައި ޑޭންޑްރަފްގެ މައްސަލަ ދިމާވެ ބޮލުގެ ހަންގަނޑު ހިރުވާ ދިލަނެގުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ އާއްމު މައްސަލައެކެވެ. މިފަހަރު މި ގެނެސްދެނީ މި މައްސަލައަށް ބޭނުންކުރެވިދާނެ ރަނގަޅު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭ ހެއަރ މާސްކެކެވެ.

ގްރީން ޓީ އަދި އެޕަލް ސައިޑަރ ވިނިގަރ ހެއަރ ޓޮނިކް

ގްރީން ޓީގައި ހިމެނޭ ޞިއްޙީ ފައިދާތަކުގެ ލިސްޓު ވަރަށް ދިގެވެ. އެ ލިސްޓަށް "ސްކަލްޕް ސޫދަރ" ވެސް އިތުރު ކުރެވިދާނެ ކަމަށް ނިއުޔޯކް ސިޓީގެ ސެލޫން އޭކޭއެސްގެ ހެއާސްޓައިލިސްޓެއް ކަމަށްވާ ސާދާ ސޯލްޓްޒްމަން ބުނެއެވެ. އެންޓިއޮކްސިޑެންޓްސް ގިނަ ޢަދަދަކަށް އެކުލެވޭ ގްރީން ޓީ އާއި އެންޓި އިންފްލެމެޓަރީ އަދި ހައިޑްރޭޓިން މާއްދާތައް ހުންނަ ޕެޕަރމިންޓް ތެޔޮ އެއްކޮށްލާފައި ތައްޔާރުކޮށްލާ ހެއަރ ޓޮނިކަކާއެކު ބޮލުގެ ހަނގަނޑު ހިރުވާ ދިލަ ނެގުމަސް ހައްލު ހޯދޭނެކަމަށް އޭނާ ޤަބޫލުކުރެއެވެ. މިއީ އޭނާގެ އެތައް އަހަރެއްގެ ތަޖުރިބާއާއެކު އޭނާ ދައްކާ ވާހަކައެވެ.

މި ޓޮނިކް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

 1 ތަށި ގްރީން ޓީ

2 ތިކި ޕެޕަރމިންޓް އޮއިލް

1 މޭޒުމަތީ ސަމުސާ އެޕަލް ސައިޑާ ވިނެގަރ

މި ތިން ބާވަތަކީވެސް މިހާރު ރާއްޖެއިން ލިބެންހުރި ބާވަތްތަކެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާފަ ބޮލުގެ ހަނގަނޑުގައި އުނގުޅާ ރަނގަޅަށް މަސާޖުކޮށްލުމަށްފަހު މަދުވެގެން ފަސް މިނެޓް ބަހައްޓާށެވެ. ބައިގަޑިއެއްހާއިރު ހުރެވެންޔާ ރަނގަޅީ އެހާއިރު މަޑުކޮށްލުމެވެ. އެއަށްފަހު ދެން މާ ބާރުގަދަ ނޫން (ލިބެން ހުރިއްޔާ، 'ޑްރައި ސްކާލްޕް' އަށް ޚާއްސަކޮށްފަ ހުންނަ) ޝޭމްޕޫއަކުން ދޮވެލުމަށްފަހު ކޮންޑިޝަނަރ ބޭނުންކޮށްލާށެވެ. ކޮންޑިޝަނަރަ ބޭނުންކުރާއިރު ބޮލުގެ ހަންގަނޑުގައި ކޮންޑިޝަނަރ ނުޖައްސަން އަބަދުވެސް ސަމާލުވައްޗެވެ. ކޮންޑިޝަނަރ ބޭނުންކުރާނީ އިސްތަށިގަނޑުގައި އެކަންޏެވެ.