ކޮންމެ އިންސާނަކުވެސް މާތްﷲ ހެއްދެވީ ވަރަށް ފުރިހަމަ ވަރަށް ރީތި ސޫރައިގައެވެ. ނަމަވެސް ބައެއް ފަހަރު ނުރަނގަޅު އާދަތަކާއި ކަންނެތް ކަމާއި ނުތާހިރު ކަމުގެ ސަބަބުން އިންސާނާގެ އަސްލު ފުރިހަމަ ސިފަ ފަރުދާކޮށްލައެވެެ. ރީތިކޮށް ހުރުމަށް ފިރިހެން ބޭފުޅުންނަށްވެސް ކުރެވިދާނެ ގިނަކަންތައްތަކެއް ހުރެއެވެ.

 ދިރާސާތަކުން ދައްކާ ގޮތުގައި ރީތިކޮށް ސާފްތާހިރުކޮށް ހުންނަ މީހުންން މަސައްކަތުގެ މާހައުލުގައި މާކާމިޔާބުވެފަ އަދި އެކުވެރިން ލިބުމުގައިވެސް އަދި ހަޔާތުގެ ބައިވެރިން ލިބުމުގައިވެސް މާކާމިޔާބެވެ.

1. މޫނު ދޮވެ ސާފުކުރުން

ރަނގަޅު ސްކްރަބް އަކުން ހަފްތާއަކު 1 ދުވަހު މޫނު ސްކްރަބް ކޮށްލާށެވެ. އޭރުން މޫނުގަ މަރުވެފައި ހުންނަ ހަންތަކާއި ބިހިން ސަލާމަތްވެ ހަންގަނޑު ސާފްވާނެއެވެ. އަދި މޫނު ދޮންނަން ރަނގަޅު ފޭސް ވޮޝްއެއް ބޭނުންކޮށްގެން މޫނު ދޮވެލާފަ ބެހެއްޓުމުން މޫނުގެ ތެޔޮކަންފިލާ ހަންގަޑު ސާފަވާނެެއެވެ. ތުނބުޅި މަތިމަސް ރީތިކޮށް ކޮށާފަ ސާފްކޮށް ބަހައްޓަން ސަމާލުކަންދޭށެވެ.

2. އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުން

އިސްތަށިގަނޑު ކުރަސް ދިގަސް ރަނގަޅު ޝޭމްޕޫއަކުން ބޯދޮވެލާފަ ބޮލުން މީރުވަސް ދުވާގޮތަށް ބަހައްޓަން އާދަކުރާށެވެ. ބޮލުގައި ޑެންޑްރަފް ހުންނަކަމުގައި ވާނަމަ އެކަމަށް ހާއްސަ ޝޭމްޕޫއަކުން ބޯދޮވުން ރަނގަޅެވެ.

3. އަތްފައި ރީތިކޮށް ބެހެއްޓުން

އަތުގެ ނިޔަފަތި ކަނޑާ ނިޔަފަތި ތަށް އޮމާންކޮށް ރީތިކޮށް ބަހައްޓަން މަސައްކަތް ކުރާށެވެ. އަދި މަހަކު އެއްފަހަރު ނަމަވެސް ސެލޫންއަކަށް ގޮސް ފައިގެ ޕެޑިކިއޯ އެއް ހަދާ ފައި ސާފުކޮށްލާފަ ބެހެއްޓޭތޯ މަސައްކަތް ކުރާށެވެ.

4. މީރުވަސް ދުވާ އެއްޗެހި ބޭނުންކުރުން

ގައިން ނުބައިވަސް ދުވުމަކީ މީހުން ފޫހުވެ އެމީހަކާ ކައިރިވާން ބޭނުންނުވާ ސަބަބެެކެވެ. އެހެންކަމުން ފެންވަރައިގެން އަބަދުވެސް ޑިއޯޑްރަންޓާއި ސެންޓު ބޭނުން ކުރާށެވެ. އަދި ލައިގެން ހުންނަ އަންނައުނު ސާފްކޮށް ރޫފިލުވައިގެން ބޭނުންކުރާށެވެ.

5. ދަތްތަކާއި އަނގަ ސާފުކުރުން 

މަދުވެގެން ދުވާލު 2 އިރު ރީތިކޮށް ދަތް އަުނގުޅަން އާދަކުރާށެވެ. އަދި އަނގަ ދޮންނަ ފުޅިއަކުން އަނގަ ދޮވެލުމަކީ އަނގައިގައި ހުންނަ ބެކްޓީރިއާ ނައްތާލާ ކަމެކެވެ. އޭރުން އަނގައިގަ ހުންނަ ނުބައިވަސް ކަނޑުވާލާނެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާނަމަ މިކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

މިކަންތައްތަކަކީ ކާމިޔާބު، ރީތި ފިރިހެނަކަށް ވާން ބޭނުންނަމަ އަމަލީ ގޮތުން ކުރުން މުހިއްމުކަންތަކެވެ. އަދި ރަނގަޅު ރިވެތި އަޚްލާޤުގެ ވެރިއަކަށް ވުމަށް މަސައްކަތް ކުރުމަކީ އެންމެ މުހިންމު އެއްކަންތަކެވެ.