އިސްތަށިގަނޑު ސްޓައިލްކޮށް ކޮށާލަން ބޭނުންވާ ފަރާތްތަކަށް މިއަހަރުގެ އެންމެ ގިނަބައެއްގެ މަޤްބޫލްކަން މިހާތަނަށް ލިބިފައިވަނީ 'ކަރވް ކަޓް' އަށެވެ.
މަޑުމަޑުން ތިރިއަށް ހުންނަ ފަށަލަތައް މޫނުގެ ބައްޓަމަށް ލޭޔަރ ކޮށް ކޮށާފައިވާ މިސްޓައިލް މޫނުގެ ފްރޭމިންގ ފުރިހަމަ ކޮށްދެއެވެ. އަދި މިސްޓައިލް ގައި އިސްތަށިގަނޑުގެ ފަހަތް ޔޫ ގެ ބައްޓަމަށް ކޮށާފައި ހުރެއެވެ.
ސެލެބްރިޓީ ހެއާސްޓައިލިސްޓް އަދި ކަލަރވޯގެ އިންޓަނޭޝަނަލް ކްރިއޭޓިވް ޑިރެކްޓަރު ޑޮމް ސީލީ ވަނީ 2023 ވަނަ އަހަރުގެ އެންމެ ރީތި އިސްތަށިގަނޑުގެ ޓްރެންޑްތަކުގައި މިސްޓައިލް ހިމެނޭ ކަމުގައި ބުނެފައެވެ.
"މިއީ 2022 ވަނަ އަހަރު މަޝްހޫރުވި 70 އާއި 90 ގެ އަހަރުތަކުގެ ބޮޑެތި ކަޓްތަކުގެ ޕްރޮގްރެޝަނެއް. މިއީ ދަ ރޭޗަލް ސްޓައިލް އެނބުރި އައުން ފަދަ ކަމެއް، " ޑޮމް ހާމަކުރިއެވެ.
ވަށައިގެން، ބެލެންސްޑް، އަދި ސްޓައިލް ކުރަން ފަސޭހަ މިސްޓައިލަކީ ބުރުގާ އަޅާ ކުދިންވެސް އިސްތަށިގަނޑު ރީތިކޮށްލަން ކަމުދާނެ ސްޓާއިލެކެވެ. މިކަޓް ގެ ސަބަބުން އިސްތަށިގަނޑުގެ ވޮލިއުމް އިތުރުވެ އިސްތަށިގަނޑު ބޯކަމަށް ވެސް ދައްކައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން