އިންޑިއާގެ މަޝްހޫރު މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅު އިޝާ އަންބާނީގެ ކައިވެނި ހަފްލާގެ ފުރިހަމަ ވާހަކައަކީ މިހާތަނަށްވެސް މީހުން ދައްކާ ނިމުނު ވާހަކައެއްނޫނެވެ. އެ ކައިވެނީގައި އެންމެ ފާހަގަކޮށްލެވިގެން ދިޔައީ އިޝާ އަމްބާނީ ލައިގެން ހުރި ރަންކުލައިގެ ވެލެންޓިނޯ ކައިވެނި "ލެހެންގާ" ނުވަތަ ކައިވެނި ހެދުމެވެ.
އަލަށް ހުޅުވުނު ނީޓާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރުގެ ޙާއްސަ ރަސްމިއްޔާތު ދައްކާލިއިރު އެތަނުން ފެނިގެންދިޔައީ އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު، މެއިސަން ވެލެންޓީނޯ ތައްޔާރުކުރި އިޝާ އަމްބާނީގެ "އައިކޮނިކް ގޯލްޑަން ލެހެންގާ "ޑިސްޕްލޭ ކޮށްފައިވާތަނެވެ. ނޭނގޭ މީހުންނަށް އެއީ ތާރީޚީ ގޮތުން ޚާއްސަކޮށް އިޝާ އަމްބާނީއަށް ޑިޒައިންކޮށް މަޝްހޫރު ލޭބަލުން ތައްޔާރުކުރި ހަމައެކަނި ލެހެންގާ އެވެ. އެ ބްރޭންޑުން އިތުރަށް ފާހަގަކޮށްފައި ވަނީ ދެން ދުވަހަކުވެސް އެފަދަ ލެހެންގާއެއް ނުއުފައްދާނެކަމެވެ.
އިޝާ އަމްބާނީ އޭނާގެ ލޯބިވެރިޔާ އަނަންދު ޕިރަމާލް އާއި ކައިވެނި ކުރީ ޑިސެމްބަރު 12، 2018 ގައެވެ. އޭގެ އެއް ދުވަސް ފަހުން ވެސް އެ ދެމަފިރިން ވަނީ ބޮޑު ރިސެޕްޝަނެއް ބާއްވާފަ އެވެ. މި އިވެންޓަށް އީޝާ ވަނީ މެއިސަން ވެލެންޓީނޯގެ އައިކޮނިކް ގޯލްޑަން ލެހެންގާ ގިނައަދަދެއްކެ ޖަވާހިރު ޖެހި ގަހަނާ އާއެކު ބޭނުންކޮށްފައެވެ.
މީގެއިތުރުން ކައިވެނީގެ ފަހުން ބޭއްވުނު ރަސްމިއްޔާތަށްވެސް އިޝާ އަންބާނީގެ ހެދުން ޑިޒައިން ކޮށްފައިވަނީ މެއިސަން ވެލެންޓިނޯގެ ފަރާތުންނެވެ. މިހެދުން އެންއެމްއޭސީސީގައި ދައްކާލިއިރު މިސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޕައިޑަރ މޭން ގެ ތަރި ޓޮމް ހޮލެންޑާއި ޒެންޑާޔާ ގެ އިތުރުން މައްޝޫރު ސުޕަރ މޮޑެލް ޖީޖީ ހަދީދް ވަނީ ބައިވެރިވެފައެވެ. އަދި އައިސްވަރޔާ ރާއީ، ޝާޚްރުކްޚާން، ސަލްމާންހާންގެ އިތުރުން އާމިރް ޚާންވެސް ހިމެނޭހެން ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިންވަނީ ދެ ރަސްމިއްޔާތެއް ބޭއްވުނު މިހަފްލާގައި ބައިވެރިވެފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން