ގުދުރަތީގޮތުން ކިހިލިފަތްދޮށްވެސް ހުންނާނީ ހަށިގަނޑުގެ އެހެން ތަންތަނާއި އެއް ކުލައެއްގައެވެ. ނަމަވެސް ބައެއް ފަހަރު ކިހިލިފަތްދޮށް ގައިގެ އެހެން ހިސާބުތަކަށްވުރެ ކަޅުވާ ގޮތްވެއެވެ. މިއީ ބައެއް މީހުނަށް ޚާއްސަކޮށް އަންހެނުންނަށް ލަދުވެތިކަމަކަށް ވެއެވެ.
މިގޮތަށް ހަމުގެ ކުލަ ތަފާތުވުމަށް ޑޮކްޓަރުންގެ ބަހުރުވައިން ކިޔަނީ "އެކެންތޮސިސް ނެގޮރކޭންސް" އެވެ. މިހެންވާ ހިސާބުގެ ހަންބޯވެފައި ހަމުގެ ކުލަ އަނދިރިވާނެއެވެ. އާންމުކޮށް މި މައްސަލަ ދިމާވަނީ ކިހިލިފަތްދޮށުގެ އިތުރުން ކަރުގެ ފަހަތް، ކަކޫ، އުޅަނބޮށި އަދި މާކަޅުވާމަސްގަނޑެވެ. މިހެންވާ ހިސާބުގެ ހަންގަނޑު ކަހާ ބައެއް ފަހަރު ނުބައި ވަހެއް ހުރެދާނެއެވެ. 74-7 އިންސައްތަ މީހުނަށް މިކަމާ ކުރިމަތިލާން ޖެހޭކަމަށް 2014 ގައި ކުރެވުނު ދިރާސާއަކުން ވަނީ އެނގިފައެވެ. މިކަމުގެ ސަބަބެއް ކަމުގައި ބެލެވެނީ އާއިލާގައި މިކަން ފެތުރެމުން އައުން ނުވަތަ ޞިއްޙީ މައްސަލައެކެވެ. ހަށިގަނޑުގެ ބަރުދަން ހުންނަންވާ ވަރަށްވުރެ އިތުރު ނަމަވެސް މި މައްސަލަ އާ ކުރިމަތިލާން ޖެހިދާނެއެވެ. ލޭގައި ހަކުރު ގިނަވާވަރަކަށް ހަމަށް ކުލަ ގެނެސްދޭ ޕިގްމަންޓް ސެލް އުފެދުންވެސް އިތުރު ވާނެއެވެ.
ކިހިލިފަތްދަށުގައި މިހެންވާ ޖެހޭ އެންމެ އާންމު ސަބަބަކީ ގިނައިން ރޭޒަރުން އިސްތަށި ބާލާ ނުވަތަ އުފުރުމުގެ ސަބަބުން ހަމުގައި ހުންނަ މެލަނޮސައިޓް އުފެއްދުން އިތުރުވުމެވެ. އަދި ކެމިކަލް ހުންނަ ޑިއޯޓްރަންޓް ބޭނުން ކުރުމުގެ ސަބަބުން މިހެން ދިމާވެއެވެ. މިގޮތައް ކުލައަށް ބަދަލު އަންނަކަން ފާހަގަވާނަމަ އިސްތަށި ބޭލުމުގެ ކުރިން ސައިބޯނި ނުވަތަ ޝޭވިނގް ކްރީމެއް ބޭނުންކުރާށެވެ. އަދި އޭގެ ފަހުގައި އެއްވެސް ވަހެއް ނުހުންނަ މޮއިސްޗަރައިޒަރ އެއް ބޭނުންކޮށްގެން ހަންގަނޑު ތެތްކޮށް ބެހެއްޓުމަށް މަސައްކަތް ކުރާށެވެ. އާންމު ގޮތެއްގައި މިހެން ވުމަކީ އެކަމާ ހާސްވާން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ކުއްލިއަކަށް ހަމުގެ އެކި ހިސާބުގެ ކުލަ ތަފާތުވާ ނަމަ އެކަމަކީ ކެންސަރުގެ އަލާމާތަކަށް ވުމުގެ ފުރުސަތު އޮތުމުން އަވަހަށް ޑޮކްޓަރެއްގެ މަޝްވަރާ ބޭނުންވެއެވެ.
ކެންސަރުފަދަ ނުރައްކަލެއް ނެތްނަމަ އެންމެ ފުރަތަމަ ވައްޓާފާޅިއަށް ބަދަލު ގެނައުން މުހިންމެވެ. މިހާރު ބޭނުންކުރާ ޑިއޯޓްރަންޓް ބަދަލު ކޮށްލާށެވެ. އެންމެ ރަގަޅު ގުދުރަތީ ބައިތައް ހިމެނޭ ބާވަތެއް އިޚްތިޔާރު ކުރުމެވެ. ރޭޒަރުން އިސްތަށި ބޭލުމުގެ ބަދަލުގައި ވެކްސް ނުވަތަ ލޭޒަރ އިން އިސްތަށި ނައްތާލާށެވެ. މަރުވެފައި ހުންނަ ހަންތައް ގަވާއިދުން ނައްތާލުމަށް އެކްސްފޮލިއޭޓް ކުރާށެވެ. ދޫ ހެދުން ލުމަށް އާދަ ކުރާށެވެ. ދެން އޮތީ އެންމެ އުނދަގޫ ކަންތަކެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލާށެވެ.
މިވަރުންވެސް އެދެވޭ ކުރިއެރުމެއް ނުލިބޭނަމަ ހަމުގެ ޚާއްސަ ޑޮކްޓަރަކަށް ދައްކާށެވެ. ނަމަވެސް ހަމަ އެއާއި އެކު މިކަމަށް ގޭގައި ދެވޭނެ ފަރުވާ ވެސް އެބަހުއްޓެވެ.
-
އަލުވިއެއް ގާނާލުމަށްފަހު އޭގެ ދިޔަ ނަގާށެވެ. މި ދިޔަ ކިހިފަތްދަށުގައި އުނގުޅާފައި 10 މިނިޓް ބެހެއްޓުމަށްފަހު ފިނިފެނުން ދޮވެލާށެވެ.
-
ބޯކޮށް ކިއުކަމްބާ ކޮށާލުމަށްފަހު ކިހިލިފަތްދަށުގައި އުނގުޅާށެވެ. 10 މިނިޓް ވަންދެން އުނގުޅުމަށްފަހު ފިނިފެނުން ދޮވެލާށެވެ.
-
ބޯކޮށް ލުނބާ ކޮށާލުމަށްފަހު ކިހިލިފަތްދަށުގައި އުނގުޅާށެވެ. 10 މިނިޓްފަހުން ދޮވެލުމަށްފަހު މޮއިސްޝަރައިޒަރ އެއް އުނގުޅާލާށެވެ.
-
އޮރެންޖް ތޮށި އަވިން ހިއްކާލުމަށްފަހު މުގުރާލާށެވެ. އެއް ސަމުސާ ފިނިފެން (ރޯސް ވޯޓަރ) އަދި އެއް ސަމުސާ ކިރުގެ ތެރެއަށް މުގުރާފައި ހުރި އޮރެންޖް ތޮށި އެއްކޮށްގެން ބަނދެލިއެއް ތައްޔާރު ކުރާށެވެ. މަޑުމަޑުން ކިހިލިފަތުގައި އުނގުޅުމަށްފަހު 15 މިނިޓް ވަންދެން ބަހައްޓާށެވެ. އޭގެ ފަހުން ފިނިފެނުން ދޮވެލާށެވެ. މިގޮތަށް ހަފްތާއަކު 3 ފަހަރު ތަކުރާރު ކުރާށެވެ.
-
ކުޑަ ބޯތައްޓެއްގައި އެއް ސަމުސާ ކިރު އަދި ރީނދޫ ޕައުޑަރ އޮލަކޮށް ގަށާލާށެވެ. ރީތިކޮށް އެއްވަރަށް އުނގުޅާލުމަށްފަހު 30 މިނިޓް ފަހުން ދޮވެލާށެވެ.
-
ކާށި ތެޔޮ ފޮދެއް އުނގުޅާފައި 15 މިނިޓް ބެހެއްޓުމަށްފަހު ސައިބޯނި ލައިގެން ދޮންނާށެވެ. ދުވާލަކު 3 ފަހަރުވެސް މިކަން ތަކުރާރު ކުރެވިދާނެއެވެ.
-
8 އައުންސް ފެނުގެ ތެރެއަށް 5 ތިކި ޓީ ޓްރީ އޮއިލް ޖެހުމަށްފަހު ސްޕްރޭ ކޮށްލެވޭ ފަދަ ފުޅިއަކަށް އަޅާށެވެ. ކޮންމެ ފަހަރަކު ފެން ވަރައިގެން ފެން ހިއްކުމަށްފަހު މި ފުޅިން ސްޕްރޭކޮށްފައި ހިކެންދެން ބަހައްޓާށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން