އޯގަނިކް ސެޓްފިކެޓް ލިބިފައިވާ ވީގަން އަދި ސައިބީރިއާގެ ވަލުގައި ހެދޭ ފައިދާހުރި ގުދުރަތީ ގަސްގަހާގެހިން ހަދާފައިވާ މިއުފެއްދުމަކީ އިސްތަށިގަނޑަށް ދިމާވަ ގިނަމައްސަލަތަކަށް ހައްލުލިބޭ އުފެއްދުމެކެވެ. މިއުފެއްދުމަކީ ހައިޑްރޮލޭޓް އެކުލެވޭ އުފެއްދުންތަކެކެވެ.

ހައިޑްރޯލޭޓަކީ ޑިސްޓިލޭޝަން މެދުވެރިކޮށް ގަސްގަހާގެހިން އުފައްދާ ކޮންސެންޓްރޭޓެޑް ވިޓަމިން އާއި މައިކްރޯއެލިމެންޓެކެވެ. ހައިޑްރޯލެޓްސް އަށް ބިނާކޮށް އުފައްދާފައިވާ މިއުފެއްދުންތަކުން އިސްތަށިގަނޑު ވަރުގަދަ ކުރުވައެވެ.

ވައިލްޑް ސަގަން އެކްސްޓްރެކްޓް، ޓޯރިން އަދި ވިޓަމިން ބީ6، ބީ12 އަދި ޕީޕީ އިން ބޮލުގެ އިސްތަށިގަނޑު ފިނިކޮށްދީ އިސްތަށިގަނޑަށް ކޮންމެހެން ބޭނުންވާ ވިޓަމިންތައް ހިމެނެއެވެ.

މިކަލެކްޝަނުގައި ހިމެނޭ އޯގަނިކް ނަނައި ލިމޮނިކް (ޝިސަންޑްރާ) ހައިޑްރޯލޭޓް އަށް ބިނާކޮށް އުފައްދާފައިވާ ސްކަލްޕް ޕީލިންގ އަކީ ބޮލުގެ ހަނގަނޑުތެރެއަށް ހޫނުވުމުގެ އަސަރު ކުރާ އެއްޗެކެވެ. ބޮލުގެ އިސްތަށިގަނޑު ތެތްކޮށްދީ، އިސްތަށިގަނޑުގެ ބުޑުތައް ވަރުގަދަ ކުރުމަށް އެހީތެރިވެދީ، އިސްތަށިގަނޑުފޭބުން ހުއްޓުވައި، އިސްތަށިގަނޑު ބޯކޮށް ގުދުރަތީ ދަޅައެއް އިސްތަށިގަނޑަށް ގެނުވާ އެއްޗެކެވެ.
ނަނައި ލިމޮނިކް ގައި ގިނަ އަދަދެއްގެ ނިއުޓްރިއެންޓްސް، މައިކްރޯ އެލިމެންޓްސް، ވިޓަމިންސް  އަދި ގަބޫލުނުކުރެވޭފަދަ އިސްތަށިގަނޑު ބާރުގަދަކޮށްދޭ އަދި ޓޯނިކް ޕްރޮޕަޓީސް ތަކެއް އެކުލެވިގެންވެއެވެ. އޯގަނިކް ނަނައި ލިމޮނިކް ހައިޑްރޯލޭޓްކޮށް އިސްތަށިގަނޑުގެ ބުޑުތައް ވަރުގަދަކޮށްދެއެވެ. އޯގަނިކް ޖިންސެންގް އެކްސްޓްރެކްޓް އިން އިސްތަށިގަނޑު ފޭބުން ހުއްޓުވައި، ގުދުރަތީ އޮމާންކަމެއް އިތުރުކޮށްދެ އެވެ. ބަޔޮޓިން އަށް ގިނައިން ކިޔަނީ ބިއުޓީ ވިޓަމިން އެވެ. އެއީ އިސްތަށިގަނޑަށް ބާރު ފޯރުކޮށްދީ، އޮމާންކޮށް ގެނެސްދޭ އެއްޗެކެވެ. އޯގަނިކް ރޮޑޮޑެންޑްރަން އެޑަމްސީ އަދި ހައިޕެރިކަމް އެކްސްޓްރެކްޓްސް، ޓޯރިން އެންޑް ވިޓަމިންސް ބީ6، ބީ12 އަދި ޕީޕީ ޓޯން ސްކަލްޕް އަދި އިސްތަށިގަނޑު ވަރުގަދަކޮށްދީ، ބޯކޮށްދީ، ބާރުގަދަކޮށްދީ ރީތިކަން އިތުރުކޮށްދެއެވެ. 

ރާއްޖެފަދަ ހޫނު ޤައުމެއްގައި ގަދައަވީގެ ސަބަބުން އަދި ބުރުގާ ބޭނުން ކުރާ ފަރާތްތަކުގެ ބޮލުގެ އެތެރޭގައި އުފެދޭ ހޫނުގެ ސަބަބުން އިސްތަށިގަނޑުގައި ތަފާތު ގެއްލުންދޭފަދަ ދަލާއި މާއްދާތައް އުފެދެއެވެ. އެހެންކަމުން އިސްތަށިގަނޑުގެ ބުޑުތަކާއި އެކު ސާފުކޮށްދޭފަދަ ހެއަރކެއަރގެ އުފެއްދުންތަކެއް ބޭނުންކުރާނަމަ ބޮޮލުގެ އެތެރެ ސާފުވުމުން އިސްތަށިގަނޑު އުފެދުމަށް ފުރުސަތު ބޮޑުވެއެވެ. އިސްތަށިތަކުގެ ގުދުރަތީ ބާރރު ގެނުވައިދީ ދެކަފިވުމާ ، ހަންފޮޅުމާއި ބޯކެހުމާއި ބޮލުން ބިހިނެގުންފަދަ ކަންކަން ހައްލުވެއެވެ.

މިއުފެއްދުންތައް ބޭނުންކުރި ގިނަފަރާތްތަކުގެ ރިވިއުއަށް ބަލާލާއިރު އެންމެންވެސް އިސްތަށިފޭބުމަށް ހައްލު ލިބޭކަމަށް ފާހަގަ ކޮސްފައިވެއެވެ. މާބާރުގަދަ ވަހެއް މިޝޭމްޕޫގައި އެކުނުލެވޭ ކަމާއި ހުންނަނީ މަޑުމަޑު ޕީޗް ވަހެއްކަން ފާހަގަ ކުރެއެވެ. އަދި އިސްސތަށިގަނޑަށް މީގެން ބަދަލު ފެނި ގިނަމަސްތަކެއް ވަންދެން މިއުފެއްދުން މެދުނުކެނޑި ބޭނުންކުރަމުން އަންނަކަމށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

https://www.facebook.com/KailaanTrends/ 

މިއުފެއްދުންތަކުގެ ހުރިހާ ފުޅިއަކީވެސް ރީތި ފުރިހަމަ ޑިޒައިނަކަށް ހަދާފައިވާ ހިތްގައިމު ފުޅިތަކެކެވެ. ޕްރޮޑަކްޓުގެ އޮމާންކަމާއި ސާދާކަމުން ބޭނުންކުރަން ފަސޭހައެވެ. ނެޗުރާ ސައިބީރިއާގެ ގިނަ އުފެއްދުންތަކެއް ހުރެއެވެ. އޭގެތެރޭގައި ސްކިން ކެއަރ ބާވަތްތައް އަދި ބޮޑީ ކެއަރގެ ބާވަތްތައްވެސް ހިމެނެއެވެ. މިހުރިހާ ބާވަތްތަކެއް ރާއްޖެ އެތެރެކޮސް މާކެޓްކުރަނީ ކައިލާން ޓްރެންޑްސްގެ ފަރާތުންކަން އުފަލާއިއެކު ފާހަގަކުރަމެވެ. އަދި މިފަދަ ރަނގަޅު އުފެއްދުންތައް ދިވެހީންގެ އަތްފޯރާހިސާބަށް ގެނެސްދޭން ކައިލާން ޓްރެންޑްސްއިން ކުރާ މަސައްކަތް ތަކަށް ތައުރީފް ހައްގެވެ.