ކޮފީ، ލޮނު، އަދި ހަކުރު ފަދަ ތަކެތި ހިމެނޭ ގޮތަށް ތަފާތު ބާވަތްތަކުގެ ބޮޑީ ސްކްރަބް ވަނީ ބާޒާރަށް ތައާރަފް ކޮށްފައެވެ. ސްކްރަބް ކުރުމަކީ މުހިންމު ކަމެެއްތޯ ނުވަތަ ކޮންމެހެން ކުރަން ޖެހޭ ކަމެއްތޯ ބައެއް ބޭފުޅުންގެ ހިތަށް އަރާފާނެއެވެ. ގައިގެ ހަންގަނޑު ވަރަށް ބޮޑަށް އޮމާން ކޮށްލުމުގެ އިތުރުންވެސް އިތުރު ފައިދާ ސްކްރަބް ކުރުމުން ލިބެއެވެ. ހަމުގެ ޑޮކްޓަރުން ލަފާ ދެއްވަނީ މިއީ ހަންގަނޑު ހިކުމުގެ މައްސަލަ ދިމާވާ ގިނަމީހުންނަށް ވެސް ރަނގަޅުކަމެއް ގޮތުގައެވެ.

ޑިސްކުއަމޭޝަން އަކީ ހިކިިފައިހުންނަ ހަންގަނޑު ފޭބުމުގެ ގުދުރަތީ މަރުހަލާއެކެވެ. މިއީ މެދުނުކެނޑި، އަލުން ހަނގަނޑު އާކޮށްލުމުގެ ނިޒާމެއްގެ ތެރޭގައި ހިނގާ ކަމެއް ކަމަށް ވެސްހަމުގެ ޑޮކްޓަރުން ބުނެއެވެ. މި ޕްރޮސެސްގެ ރަނގަޅުކަން ބިނާވެފައިވަނީ އުމުރާއި، ހަމުގެ ވައްތަރާއި، ބޭނުންކުރާ އުފެއްދުންތަކާއި، ތިމާވެއްޓާ ގުޅޭ ގިނަ ކަންތައްތަކެއްގެ މައްޗަށެވެ.ނަމަވެސް މި ޕްރޮސެސް 100 ޕަސެންޓް ފުރިހަމަ ނުވާއިރު، ހަމުގެ މަތީގައި މަރުވެފައިވާ ހަމުގެ ސެލްތައް ޖަމާވެއެވެ. މިއީ ބޮޑީ ސްކްރަބްތައް ވަންނަ ތަނެވެ.

ބޮޑީ ސްކްރަބްތަކުން ހަމުގެ މަރުވެފައިވާ ސެލްތައް ނައްތާލާ، އަދި މިހެންކަމުން ގިނަ ފައިދާތަކެއް ލިބެއެވެ: ސްކަރަބް ކުރުމުން ހަމުގައި އުގުޅާ މޮއިސްޗަރައިޒަރ ފަދަ ތަކެތީގެ އަސަރު ހަނގަނޑަސް ފޯރާލެއްފަސޭހައެވެ. އެހެންކަމުން ހަމުގެ ތެތްކަން ހިފަހައްޓައިދެއެވެ. 

މީގެއިތުރުން ސްކްރަބް ކުރުމުން ހަންގަނޑުގައި ހުންނަ ކުދި ޕޯރޒްތައް ބެދުމުން ރައްކާތެރިކޮށްދެއެވެ. އަދި އެތެރެއަށް ހެދިފައި ހުންނަ އިސްތަށި ބުޑުތަކާއި ރޭޒަރު ބޭނުންކޮށްގެން ޝޭވްކުރުމުން އުފެދޭ ރޭޒަރ ބަމްްޕް ފަދަ ކަންތައްތަކުން ރައްކާތެރިކޮށްދެއެވެ. އެހެންކަމުން ދާއިމީކޮށް ސްކްރަބް ކުރުމުން ހަމުގެ އޮމާންކަން ދަމަހައްޓައިދެއެވެ.
ރާއްޖެއިން ލިބެންހުންނަ ރަނގަޅު ސްކްރަބް ތަކަސް ބަލާއިރު ކައިލާން ޓްރެންޑްސް އިން ތަފާތު ގިނަ ވައްތަރުތަކުގެ ސްކަރަބް ލިބެން އެބަހުއްޓެވެ. އޭގެތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ސްކރަބް ބަޔާންކޮށްލާނަމެވެ.

ހޮޓް ޗޮކްލެޓް ވޯމިންގ ބޮޑީ ސްކްރަބް އިން ހަންގަނޑު މަޑުމަޑުން ހޭލައްވާލާއިރު، މީގަިއ އެކުލެވޭ " އެކްޒޮޓިކް " ވަސް އެހާމެ ހިތްގައިމެވެ. މީގައި އެކުލެވޭ ކޮކޯ ބަޓަރުން ހަންގަނޑުގެ ތެތްކަން ދަމަހައްތައިދީ ކާނާ ލިއްބައިދެއެވެ؛ އޯގަނައިކް ވެނީލާ އާއި ހެޒެލްނަޓް ޓޯންގެ އެހީއާއިއެކު ޓޯން ކުރާއިރު، ހޮޓް ޕެޕަރ އެކްސްޓްރެކްޓުން ހަންގަނޑު އޮމާންކޯށް ލުއިކޮށްދެއެވެ. ސަރޓިފައިޑް އޯގަނިކް ބާވަތްތަކުން ތައްޔާރުކޮށްފައިވާ މިސްކްރަބަކީ ހުރިހާ ހަމުގެ ވައްތަރުތަކަށްވެސް ބޭނުންކޮށްލެވޭ އެއްޗެކެވެ. 

ނެޗުރާ ސައިބެރިކާ ގެ މި ސްކްރަބުން ހަންގަނޑުގައި ޖަމާވެފައިވާ އެ ހުރިހާ ސްޓްރެސްއެއް ސްކްރަބް ކޮށްލަން މިއީ އެއްވަނައިގެ ސްކްރަބެކެވެ. އޯގަނިކް ސޭޖް، ހަނީ އަދި އަލްޓައި އޮބްލެޕިކާ ހައިޑްރޯލޭޓް އެކުލެވޭ މި ޕަވަރހައުސް ސްކްރަބްގައި ހަންގަނޑު މާބޮޑަށް ހިކި ނުވަތަ ގެއްލުމެއް ނުދީ ސާފުކޮށް އެކްސްފޯލިއޭޓް ކޮށްދެއެވެ. މީރު ވަހެއް ދުވާ މި ޒެސްޓީ ޖެލް އަކަށް ބިނާކޮށްފައިވާ ސްކްރަބް އިން ހަމުގެ އިލެސްޓިސިޓީ ރަނގަޅުކޮށްދޭއިރު، އަތްލުމުން ފާހަގަކޮށްލެވޭ ވަރަށް އޮމާން، މަޑު އަދި ސިލްކީ ވެގެންދެއެވެ.

ހަންގަނޑަށް ސާދާކަމާއި  އޮމާންކަމާއި އިލާސްޓިސިޓީ އަލުން ގެނެސްދޭން މިސްކްރަބް ބޭނުންކުރެވިދާނެއެވެ. މިއީ ޓޯނިން އިފެކްޓެއް އެކުލެވޭ އެއްޗެކެވެ. ކޮންމެ ހަމުގެ ވައްތަރަކަށް ވެސް އެކަށީގެންވާ ބާވަތެކެވެ.   ހަކުރު، އޯގަނިކް އޮރެންޖް އޮއިލް އަދި ޝީ ބަޓަރ އެކުލެވޭހެން އުފައްދާފައިވާ މި ބޮޑީ ސްކްރަބް އިން ހަނގަޑު އޮމާންކޯސްދޭއިރު މީރު ސިޓްރަސީ ވަހެއްވެސް އެކުލެވިފައި ހުރެއެވެ.މިސްކްރަބުންވެސް ހަނގަނޑު ތާޒާ ކޮށް އޮމާންކޮށްދެއެވެ.

މީގެން ކޮންމެ ސްކަރަބްއަކީ ވެސް ބޭނުންކޮށްލާ އެންމެ ފުރަތަމަ ފަހރުވެސް ހަނގަނޑުން ބަދަލު ދައްކުވައިދޭ ބާވަތްތަކެވެ. އަޖުމަބައްލަވާލެއްވުން ކިއެއްތޯއެވެ.