ގުދުރަތީ ރީތިކަން އިތުރުކުރުމަށް ވާހަކަ ދައްކާއިރު، ބައެއް ފަހަރު އެންމެ ރަނގަޅު ތަކެތި ހަމަ ބަދިގެއިން ވެސް ހޯދިދާނެ އެވެ. ސްކިންކެއާ ރޫޓިންގައި ޖާގައެއް ހައްގުވާ އެފަދަ އެއް ބާވަތަކީ އޮރެންޖެވެ. ވިޓަމިން ސީ އާއި އެހެނިހެން ފައިދާހުރި ކޮމްޕައުންޑްތަކުން ފުރިފައިވާ އޮރެންޖުން މޫނަށް ރީތިކަމުގެ ގިނަ ފައިދާތަކެއް ލިއްބައިދެއެވެ. 

ހަމުގެ ކުލައަލިކޯސްދީ ކުލަ އެއްވަރުކޮށްދޭ

އޮރެންޖުގައި ހިމެނެނީ ހަންގަނޑު އުޖާލާކޮށްދޭ ވަރުގަދަ އެންޓިއޮކްސިޑެންޓެއް ކަމަށްވާ ވިޓަމިން ސީ އެވެ. މޫނުގައި އޮރެންޖް އެކުލެވިގެންވާ ބާވަތްތައް މޫނުގައި ބެނުންކުރުމުން މޫނުގައި ހުންނަ ކުލައެއްވަރުކޮށްދީ ލައްތައް ފިލުވާލައެވެ. އޮރެންޖުގައި ހިމެނޭ ވިޓަމިން ސީގެ ސަބަބުން ކަޅު ތަންތަން އުފެއްދުމަށް ބާރުއަޅާ ޕިގްމެންޓް މެލަނިން އުފެއްދުން ހުއްޓުވައި، ހަންގަނޑުގެ ކުލަ އެއްވަރުވެ ކުލަ އުޖާލާކޮށްދެއެވެ.

ހަނގަނޑު އަވަހަށް މުސްކުޅިވުމުން ރައްކާތެރިކޮށްދޭ

އަހަރެމެން އުމުރުން ދުވަސްވާ ވަރަކަށް އަހަރެމެންގެ ހަންގަނޑަށް ފްރީ ރެޑިކަލްސް އާއި ތިމާވެއްށިން ފޯރާ ގެއްލުންދޭ މާއްދާގެ ސަބަބުން އަސަރުތައް ކުރިމަތިވެއެވެ. އޮރެންޖުގައި ފްރީ ރެޑިކަލްސް އާއި ދެކޮޅަށް މަސައްކަތްކުރާ އެންޓިއޮކްސިޑެންޓްސް ގިނައިން ހުރުމުން، އަވަހަށް މުސްކުޅިވުން ހުއްޓުވުމަށް އެހީތެރިވެދެއެވެ. ވިޓަމިން ސީގެ މިންވަރު މަތިވުމުން ކޮލަޖަން އުފެއްދުމަށް ބާރުއަޅައި، ހަމުގެ އިލެސްޓިސިޓީ އިތުރުކޮށް، ރޫތަކާއި ލައްތައް މަދުކޮށްދީ ހަންގަނޑަށް ޒުވާންކަމުގެ ކުލައެއް ލިބިގެންދެއެވެ. ސްކިންކެއާ ރޫޓިންގައި އޮރެންޖް ހިމެނުމަކީ ޒުވާން އަދި ހަނގަނޑު އޮމާންކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ހަނގަނޑުގެ ތެތްކަން ހިފެހެއްޓުމާއި ކާނާ ލިއްބައިދޭ

އޮރެންޖަކީ ހަންގަނޑަށް ހައިޑްރޭޝަން ނުވަތަ ތެތްކަން ފޯރުކޮށްދޭ އެއްޗެކެވެ. އޮރެންޖުގައި ހުންނަ ގުދުރަތީ މޭވާގެ އެސިޑްތަކުން ހަމުގެ މަރުވެފައިވާ ސެލްތަކަށް ދިރުން ގެނެސްދީ، ބެދިފައިހުންނަ ޕޯޒް ހުޅުވައިދީ ސެލް އުފެއްދުމަށް މަގުފަހިކޮށްދީ، ހަންގަނޑު ތާޒާވެ ދިރުމެއް ލިބިގެންދެއެވެ. އޮރެންޖުގެ ހައިޑްރޭޓިން ޕްރޮޕަޓީތަކުގެ ސަބަބުން ހަމުގެ ތެތްކަން ބެލެންސް ބެހެއްޓުމާއި، ހިކިކަން ހުއްޓުވައި، ފަލަ، ތާޒާކަން ލިބިގެންދެއެވެ. އަދި ގޭގައި ތައްޔާރުކުރާ އޮރެންޖް ފޭސް މާސްކް ނުވަތަ ޓޯނަރ އުފައްދައިގެން ހަންގަނޑަށް ކާނާގެ ބޫސްޓެއް ދެވިދާނެއެވެ.

ތެޔޮ ކޮންޓްރޯލްކުރުމާއި ބިހިން ރައްކާތެރިކޮށްދޭ

ތެޔޮ ނުވަތަ ބިހި ހުންނަ ހަންގަނޑަކާ ކުރިމަތިލާން ޖެހޭނަމަ އޮރެންޖަކީ އެއްވަނައިގެ އެޗަކަށް ވެދާނެއެވެ. އޮރެންޖުގެ އެސިޑިކް ޠަބީޢަތަކީ ސީބަމް އުފެއްދުން އެއްވަރުކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާއިރު، މާގިނައިން ހަނގަނޑު ތެޔޮވެ، ހަމުގެ ލޯވަޅުތައް ބެދުން ހުއްޓުވައެވެ. މީގެ އިތުރުން އޮރެންޖުގެ އެންޓިބެކްޓީރިއަލް ޕްރޮޕަޓީތަކުގެ ސަބަބުން ބިހި އުފެދޭ ބެކްޓީރިއާތަކާ ދެކޮޅަށް މަސައްކަތްކޮށް، ކުލަ ސާފުވެގެންދެއެވެ. އޮރެންޖް އިންފިއުޒްޑް ޕްރޮޑަކްޓްސް ސްކިންކެއާ ރޫޓިންގައި ހިމަނައިގެން ތެޔޮކަން ފިލުވާލުމާއި ބިހިނެގުން  މަދުކުރުމަށް ވިސްނާށެވެ.

ޒުވާންކޮށް ތާޒާކޮށްދިނުން

އޮރެންޖުގެ ދިރުންގެނެސްދޭ ވަހަކީ ހަމައެކަނި ދިރުމެއް ލިބޭ ވަހެއްގެ އިތުރުން މޫޑު އުފުލާލާ ސިފަތަކެއް ވެސް އެކުލެވިގެންވާ ވަހެކެވެ. މޫނުގައި އުނގުޅާއިރު އޮރެންޖުގެ ތާޒާ މީރުވަހުން ޒުވާންކަން ދިރުވައިދޭ ތަޖުރިބާއެއް ލިބިގެންދާނެ އެވެ. އޮރެންޖް އަށް ބިނާކޮށް އުފައްދާ ސްކިންކެއާ ޕްރޮޑަކްޓްތައް ހިމަނައިގެން ނުވަތަ ގޭގަހަދާ ޓްރީޓްމަންޓްތަކުގައި ތާޒާކޮށް ފެލާފައިވާ .

އޮރެންޖް ޖޫސް ބޭނުންކުރުމަކީ ހިއްސުތައް ހޭލައްވާލައި ހަންގަނޑަށް ދުޅަހެޔޮ، ތާޒާ ސިފައެއް ލިބިގެންދާނެ ކަމެކެވެ.

 

ހަންގަނޑު އުޖާލާކޮށްދޭ ސިފަތަކުން ފެށިގެން މުސްކުޅިވުމާ ދެކޮޅަށް ލިބޭ ފައިދާތަކާއި ތެޔޮވުން ކޮންޓްރޯލް ކުރުމުގެ ގާބިލްކަމާ ހަމައަށް އޮރެންޖަކީ ދޮން ކުލައެއް ހޯދުމަށ ފައިދާހުރި މާއްދާއެކެވެ. ބާޒާރުން ލިބެން ހުންނަ އޮރެންޖް އިންފިއުޒްޑް ސްކިންކެއާ ޕްރޮޑަކްޓްސް ބޭނުން ކުރަން އިޚްތިޔާރު ކުރިޔަސް ނުވަތަ އަމިއްލައަށް ޑީއައިވައި ޓްރީޓްމަންޓްތައް އުފެއްދުމަށް އިޚްތިޔާރު ކުރިޔަސް، ރީތިކަމުގެ ރޫޓިންގައި އޮރެންޖް ހިމަނައިގެން ފާހަގަކޮށްލެވޭ ނަތީޖާތަކެއް ލިބިގެންދާނެ އެވެ. އޮރެންޖުގެ ބާރުގެ ތަޅުދަނޑި ނަގައި، ހަންގަނޑު އެތަކެތީގެ ގުދުރަތީ ހެޔޮކަމުގައި ފުރިހަމަވާން ދޫކޮށްލާށެވެ. ހިތްގައިމު ސައިޓްރަސް މޭވާގެ ތެރޭގައިވާ ރީތިކަމުގެ ސިއްރު ލިބިގަނެ އުޖާލާ ކުލައެއްވަރު ސާފު މޫނެއް ހޯދަން މަސައްކަތްކުރާށެވެ.