ގަބޫލު ކުރިޔަސް ނުކުރިޔަސް މާގިނައިން ހަކުރު ކެއުމުން ހަމުގެ ސިއްހަތަށް ގެއްލުން ލިބި، ސޮރިއަސިސް އާއި އޮށާޅަ ފަދަ ހަމުގެ ބަލިތައް އުފެދުމުގައި ނުވަތަ ގޯސްވުމަށް މަގުފަހިވެއެވެ. ހަކުރު މާގިނައިން ކެއުމަކީ ހަނގަނޑުގައި ހުންނަރީތައް ގިނަވެ ހަނގަނޑު ދޫޖެހުން ފަދަ  މުސްކުޅިވުމުގެ އަލާމާތްތައް ވެސް ފެނިދާނެ ކަމެކެވެ. އެއީ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ފާހަގަކުރާ ގޮތުގައި ޓައިޕް 2 ހަކުރުބައްޔާއި ހިތުގެ ބަލިތައް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވުމުގެ އިތުރުން ހަމުގެ އެކި މައްސަލަ ކުރިމަތިކުރުވައެވެ.

ސީޑީސީން ލަފާދެނީ އެޑްޑް ހަކުރު (މިއީ ނިއުޓްރިޝަން ފެކްޓްސް ލޭބަލްތަކުން ފެންނަ އެއްޗެއް) ދުވާލަކު ގާތްގަނޑަކަށް 12 ސައިސަމުސާ އަށް ލިމިޓް ކުރުމަށެވެ. (އެވްރެޖްކޮށް ބޮޑެތި މީހުން ދުވާލަކު 17 ސައިސަމުސާ ބޭނުންކުރެއެވެ.)

މިއީ މޭވާ ފަދަ ގުދުރަތީ ހަކުރުގެ މަސްދަރުތަކަށް ހާއްސަކުރެވިފައިވާ އުސޫލެއްނޫނެވެ. ސަބަބަކީ، ސިއްހީ ގޮތުން ރަނގަޅު ނަތީޖާތަކަކާ ގުޅުން ހުރި ފައިބާ އާއި އެހެނިހެން މުހިއްމު ނިއުޓްރިއެންޓްސް ވެސް މޭވާގައި އެކުލެވިގެންވުމެވެ. އަދި މޭވާ ކެއުމުން ހަމުގެ ހައިޑްރޭޝަން އިތުރުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމުގެ ބައެއް ހެކިތައް އެބަހުއްޓެވެ.

މެޑްލައިންޕްލަސް އިން ބުނާ ގޮތުގައި ހަންގަނޑަކީ ހަށިގަނޑުގެ އެންމެ ބޮޑު ގުނަވަން ކަމުން ކާ އެއްޗެއް ބޭރަށް ރިފްލެކްޓް ވެދާނެ ކަމީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. "ޑައިޓް އަކީ ކަނޑައެޅިގެން ހަމުގެ ސިއްހަތަށް ދައުރެއް އަދާކުރާ އެއްޗެއް،" އޮސްޓިން ޑެލް މެޑިކަލް ސްކޫލްގެ ޔުނިވާސިޓީ އޮފް ޓެކްސަސްގެ އެތެރޭގެ މެޑިސިން ޑިޕާޓްމަންޓުގެ ލޭޒަރ އެންޑް ކޮސްމެޓިކް ޑަރމަޓޮލޮޖީގެ ޑިރެކްޓަރު އެސް ޓައިލަރ ހޯލްމިގް، އެމްޑީ ވިދާޅުވި އެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި، އަވި ބޭނުންކުރުމާއި، ނިދުން ފަދަ އެހެން ކަންތައްތަކުގެ ސަބަބުން ވެސް ހަމުގެ ސިއްހަތާއި މުސްކުޅިވުމުގެ އަލާމާތްތަކަށް އަސަރުކުރާ ކަމަށް އެމެރިކަން އެކަޑަމީ އޮފް ޑަރމަޓޮލޮޖީން ބުނެއެވެ.

މުސްކުޅިވުމުގެ ވާހަކަ ދައްކާއިރު، ހަކުރުގެ ސަބަބުން ހަންގަނޑަށް ވަކި އަސަރެއް ކުރަނީ ގްލައިކޭޝަން ކިޔާ ޕްރޮސެސްއެއްގެ ތެރެއިންނެވެ. “ގްލައިކޭޝަން އަކީ ހަކުރު މޮލިކިއުލްތައް ޕްރޮޓީން، ލިޕިޑްސް ނުވަތަ ނިއުކްލިކް އެސިޑްތަކާ ގުޅިގެން އުފެދޭ ޕްރޮސެސްއެކެވެ. ނަތީޖާއަކަށް ވެގެންދަނީ އެޑްވާންސްޑް ގްލައިކޭޝަން އެންޑް ޕްރޮޑަކްޓްސް ކިޔާ އެއްޗެހި ކަމަށާއި، މިއީ ހަމުގައި ހުންނަ ކޮލަޖަން އާއި އިލާސްޓިން ފައިބަރުތަކަށް ގެއްލުން ދޭ އެއްޗެކެވެ،” ޑރ.ހޯލްމިގް ވިދާޅުވި އެވެ. ގްލައިކޭޝަން އިން ކޮލަޖަން މަރާމާތު ކުރުމަށް ހުރަސް އެޅޭ ކަމަށާއި، މިއީ ސްޕްރިންގް ކޮލަޖަން ފައިބަރުތައް ބެލެހެއްޓުމަށް ވަރަށް މުހިންމު ޕްރޮސެސްއެއް ކަމަށް ކްލިނިކްސް އިން ޑަރމަޓޮލޮޖީގެ ދިރާސާތަކުން ދައްކަ އެވެ. ނަތީޖާއަކީ ހަންގަނޑު މުސްކުޅިވުން އަވަސްވުމެވެ. މީގެ އިތުރުން ގްލައިކޭޝަންގެ ސަބަބުން ހަންގަނޑަށް ގެއްލުންދޭ ފްރީ ރެޑިކަލްސް އުފެދުން އިތުރުވެއެވެ.ހަކުރު ގިނަ ޑައިޓް ބޭނުންކުރާ މީހަކަށް މިއީ ފައިން ލައިންތަކާއި ކްރެޕިނެސް އަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ހޯލްމިގް ބުންޏެވެ. 

ހަމައެހެންމެ ގިނައިން ހަކުރު ބޭނުންކުރުމުން މޫނާއި ބުރަކަށި އަދި ގައިގެ އެހެން ތަންތަނުގައ ިގިނައިން ބިހިނަގަން މެދުވެރިވެއެވެ. އަދި ހަމުގެ އެހެން މައްސަލަތަކާއިވެސް ކުރިމަތި ކުރުވައެވެ. ވީމާ ހަކުރު މަދުކުރުމަކީ ރީތި ހަންގަނޑެއް ބޭނުންވާނަމަ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.