އައިސް ކިއުބަކީ މޫނުގައި އުނގުޅުމުން، ހަންގަނޑަށް ވަރަށް ގިނަ ފައިދާތައް ކުރާ އެއްޗެކެވެ. މިއީ ކޮރެއާއިން ފެށިގެން އައި ކަމެކޭ ބުނެވެއެވެ.

މިއީ ބައެއް ދިވެހި އަންހެނުންގެ މެދުގައި ވެސް ކޮށް އުޅޭ، ފަސޭހަ "ފޭސް ތެރަޕީ" އެކެވެ. މިފަހަރު މި ފާހަގަކޮށްލަނީ އައިސް ކިއުބުން މޫނުގެ ހަންގަނޑަށް ކުރާ ބައެއް ފައިދާތަކެވެ.

1. ލޯ ކައިރި ކަޅުވުމަށް ހައްލެއް

ގަވާއިދުން މޫނުގައި އައިސްކިއުބް ހާކާ ނަމަ ލޯކައިރީގައި ކަޅުވެފައި ހުންނަ ހުރުން ފިލުވާލުމަށް އެހީއަކަށް ވެގެންދެ އެވެ. ފިނިފެންކޮޅެއް (ރޯޒް ވޯޓާ) ކައްކާލުމަށްފަހު ކިއުކަމްބާ ދިޔަ އެއާ އެއްކުރާށެވެ. މި އައިސްކިއުބް ތަށްޓަކަށް އަޅައި ގަނޑުކުރުމުށް ފަހު ލޮލުގެ ތިރީގައި ހާކާށެވެ. އެކަމަކު އެންމެ ރެއަކުން ނަތީޖާ ނިކުންނާނެ ކަމަށް ބަލައިގެން ނުވާނެ އެވެ. ގަވާއިދުން ދުވަސްކޮޅަކު މަސައްކަތްކޮށްލުމުން ނަތީޖާ ފެންނަން ފަށާނެއެވެ.

2. މޫނު އަލިކޮށްދޭ

މޫނުގައި އައިސް ކިއުބް އުނގުޅުމުން ހަންގަނޑުގެ ލޭ ދައުރުވުން ރަނގަޅުކޮށްދީ މޫނު އަލިކޮށްދެ އެވެ. އައިސް އުނގުޅުމުން ބްލަޑް ވެސެލްތަކުގެ މަސައްކަތް ލަސްކޮށްލައި ހަންގަނޑަށް ލޭ ދައުރުވާ މިންވަރު ލަސްކޮށްލަ އެވެ. މިހެންވެ މިކަމާ ވިއްދައި ހަށިގަނޑު ދައުރުވާ ލޭ އިތުރުކޮށް މޫނަށް ފޮނުވަ އެވެ. ނަތީޖާއަކީ މޫނުގެ ހަންގަނޑަށް ދިރުން ގެނެސް އަލިކުރުމެވެ.

3. މޫނުގައި ހުންނަ ރޫތައް ފޮރުވައިދޭ 

މުސްކުޅިވުމަކީ އެކަކަށް ވެސް ހުއްޓުވޭނެ ކަމެއް ނޫނެވެ. އެކަމަކު މުސްކުޅިވަމުން އަންނައިރު މޫނުގައި ޖެހެމުންދާ ރޫތައް ބޭރުފުށަށް ފެންނަލެއް ކުޑަކުރެވިދާނެ އެވެ. ފަރުވާއަކީ އައިސްކިއުބެވެ. މޫނުގައި ހުރި ރޫތައް ފެންނަލެއް ކުޑަކޮށްދިނުމުގެ އިތުރަށް އިތުރު ރޫތައް އެރުމުން ދުރުކޮށްދޭނެ އެވެ.

4. މޫނުގައި އުނގުޅާ ކްރީމްތައް ފަސޭހައިން ހަންގަނޑަށް ވަދެގެންދޭ

ނައިޓް ކްރީމްއެއް ނުވަތަ ސިރަމްއެއް މޫނުގައި އުނގުޅާނަމަ އޭގެ މަތިން އައިސްކިއުބްއެއް މޫނުގައި އުނގުޅާށެވެ. އެއިރުން އެ ބާވަތެއް ރީތިކޮށް ހަންގަނޑުގެ ތެރެއަށް ވަދެގެން ދާނެއެވެ.

5. މޫނުގައި އުފެދޭ އޮށާޅަތައް ތިރިކޮށްދޭ

މޫނުގައި އައިސްކިއުބް ހޭކުމުން މޫނުގައި ތެޔޮ އުފެދޭ މިންވަރު މަދުކުރެ އެވެ. އަދި ހަމަ އެހެންމެ އޮށާޅަ ނެގުމުން އުފުލި ދުޅަވެފައި ހުންނަ ތަންތަނުގެ ދުޅަ ތިރިކޮށްދީ ފަސޭހަކޮށްދެ އެވެ. އަލަށް އޮށާޅައެއް ފުރަތަމަ ނިކުތުމާ އެކު އެ އިތުރަށް ބޮޑުވިޔަ ނުދޭން އައިސްކިއުބް ބޭނުން ކުރާށެވެ