ކަސްޓަމަރުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކައިލާން ޓްރެންޑްސް އެނުއަލް ސޭލް އަންނަ ޑިސެމްބަރ މަހުގެ 5 ން 9 އަށް ބޭއްވުމަށް ނިންމައިފިއެވެ. ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ސޭލް މިއަހަރުވެސް ކުރިއަށްދާނީ %50 ޕަސެންޓްގެ ބޮޑު ޑިސްކައުންޓަކާއެކުއެވެ. އެގޮތުން މިއަންނަ ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު 2 ން ރޭގަނޑު 10 އާއި ހަމައަށް މި ސޭލް ކުރިއަށްދާނެއެވެ. އަދި އެދުވަސްތަކުގައި ކައިލާން ޓްރެންޑްސް ގައި ވިއްކާ ހުރިހާ މުދަލަކުންވެސް %50 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެއެވެ.   

ބޮޑު ޑިސްކައުންޓަކާއެކު ކައިލާން ޓްރެންޑްސް އެނުއަލް ސޭލް 5 ދުވަހަށް ދެމިގެން ދާ ގޮތަށް ބޭއްވުމަށް ނިންމާފައި މިވަނީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން އަތޮޅުތެރެއިން މި ސޭލްއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށްވެސް މި ސޭލްގައި ބައިވެރިވެލެއްވުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.


ކައިލާން ޓްރެންޑްސްގެ އެނުއަލް ޕްރޮމޯޝަން ސްޕެޝަލް ސޭލް އަކީ ކައިލާން ޓްރެންޑްސް ހުޅުވިފަހުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބޮޑު ސޭލްއެކެވެ. އަދި ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް މި ސޭލްއަށް ލިބެއެވެ.