ހޭދަވާނެ ވަގުތު: 30 މިނެޓް | މި ރެސިޕީއިން ކެވޭނީ: 8 މީހުންނަށް (8 ސަރވިން)

ބޭނުންވާތަކެތި:

1 ޕެކެޓު ޕާސްތާ (ބޯޓައި ޝޭޕް)

1 ސައިސަމުސާ އޮލިވް އޮއިލް

2 އަރި ލޮނުމެދު (ހިމުންކޮށް ކޮށާފަ)

250 ގ ބޯންލެސް ޗިކަން ބްރެސްޓް (ކުދިކޮށް ކޮށާފަ)

1 ސައިސަމުސާ ރާޅުކޮށް މުގުރާފައިވާ ހިކި މިރުސް

½ ޖޯޑު ޕެސްތޯ ސޯސް

1/3 ޖޯޑު ސަން ޑްރައިޑް ޓޮމާޓޯ (ކުކުޅު ކޮށި މިނަށް ކޮށާފަ)

ތައްޔާރު ކުރާނެގޮތް:

ބޮޑު ތެއްޔެއްގައި ފެންކައްކަން އުދާށެވެ. ފެން ގަނޑު ކެކި ގަތުމުން ލޮނުރަހަ ގަދަޔަށް ދޭވަރަށް ލޮނު އަޅަފަ ދެން ޕާސްތާ އަޅާފަ، ޕެކެޓުގެ ބޭރުގައިވާ އިރުޝާދާ އެއްގޮތަށް ފެނުކައްކާށެވެ. އާއްމުކޮށް މިކަމަށް ނަގާނީ 8-10 މިނެޓެއްހާ އިރެވެ.

ޕާސްތާ ފެނުކެކެންވާއިރަށް ސޯސްގަނޑު ތައްޔާރުކޮށްލެވޭނެއެވެ. އެގޮތުން ބޮޑު ތަވައެއްގަ ނުވަތަ ތެއްޔެއްގައި ވިޔަސް، މެދު ގިނީގައި، އެންމެ ފުރަތަމަ ލޮނުމެދުކޮޅު ރޯ ފިލުވާލާށެވެ، ދެން ކުކުޅު، ރަހަދޭވަރަށް ލޮނުކޮޅެއް އަދި ހިކި މިރުސްކޮޅު އަޅާ ކުކުޅު ރޯފިލަ މަޑު ރަންކުލައެއް އަރަންދެން ރަތްކުރާށެވެ.

މިހާރު ހުންނާނީ ޕާސްތާ ފެނުކެކިފައެވެ. ދެން ޕާސްތާ ފެނުން ނެގުމަށްފަހު ކުކުޅު ހުރި ތަވާގައި، ނުވަތަ ބޮޑު ތެއްޔެއް/ބޯތައްޓެއްގައި، ސަންޑްރައިޑް ޓޮމާޓޯވެސް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އޭރުން ޕެސްތޯ ޕާސްތާ ވިތް ޗިކަން ތައްޔާރުކޮށް ނިމުނީއެވެ. ހިހޫނުވަނީސް އަވަހަށް ކާލާށެވެ.

ކެލޮރީސް: 328 | ފެޓް: 10ގ | ކާބޯހައިޑްރޭޓްސް: 43ގ | ޕްރޮޓީން: 17ގ

މަސްދަރު: allrecipes.com