ހަށިގަނޑުގެ ބަރުދަނާއި، ހަރަކާތްތެރިކަމާއި، ސްޓްރެސްއާއި، ޖެނެޓިކްސް ފަދަ ކަންތައްތަކުން ވެސް ލޭގައި ހިމެނޭ ހަކުރު ރެގިއުލޭޓް ކުރުމުގައި ދައުރެއް އަދާކުރި ނަމަވެސް، ދުޅަހެޔޮ ކާނާ ކެއުމަކީ ލޭގައި ހިމެނޭ ހަކުރު މެނޭޖްކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

ހަކުރު ގެ މާދާ އަދި ރިފައިންޑް ކާބްސް ގިނައިން ހުންނަ ކާނާ ހިމެނޭ ގޮތަށް ބައެއް ކާނާތަކުން ލޭގައި ހިމެނޭ ހަކުރު އުފުލިގެންދާއިރު، އަނެއްބައި ކާނާތަކުން ލޭގައި ހިމެނޭ ހަކުރު ރެގިއުލޭޓް ކުރުން ދަށް ކޮށްދީ ސިއްހަތު ކުރިއެރުވުމަށް މަގުފަހިކޮށްދެއެވެ.މި އާޓިކަލް ގައި ފާހަގަ ކޮށްލެވިފައިވަނީ ލޭގައި ހިމެނޭ ހަކުރުގެ މާއްދާ ދަށް ކޮށްދޭ ބަޔެއް ކާނާ ތަކެވެ.

1-ބްރޮކޮލީ އާއި ބްރޮކޮލީ ސްޕްރައުޓްސް

ސަލްފޯރަފޭން އަކީ ލޭގައި ހަކުރު މަދުކޮށްދޭ މާއްދާތަކެއް ހިމެނޭ އައިސޮތިއޮސައިނެޓްގެ ވައްތަރެކެވެ. މި ގަސްގަހާގެހިން އުފައްދާ ކެމިކަލް އުފެދެނީ ބްރޮކޮލީ ކޮށާ ނުވަތަ ކައްކާއިރު އެންޒައިމް ރިއެކްޝަން މެދުވެރިކޮށެވެ. 

ދިރާސާތަކުން ދައްކާ ގޮތުގައި ސަލްފޯރަފޭން ގިނަ ބްރޮކޮލީ އެކްސްޓްރެކްޓް އިން އެންޓިޑައިބެޓިކް އަށް ވަރުގަދަ އަސަރުތަކެއް ކޮށް، އިންސިއުލިން ސެންސިޓިވިޓީ އިތުރުކޮށްދީ ލޭގެ ހަކުރު އަދި އޮކްސިޑޭޓިވް ސްޓްރެސް މާކެރސް ދަށްކޮށްދެއެވެ.

ބްރޮކޮލީ ސްޕްރައުޓްސް އަކީ ގްލޫކޯރަފަނިން ފަދަ ގްލޫކޯސިނޮލެޓްސް ގެ ކޮންސެންޓްރޭޓެޑް ސޯސްތަކެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ކޮމްޕައުންޑްތައް ޕައުޑަރެއް ނުވަތަ އެކްސްޓްރެކްޓެއްގެ ގޮތުގައި ސަޕްލިމެންޓް ކުރުމުން ޓައިޕް 2 ހަކުރުބަލީގެ މީހުންގެ ލޭގައި އިންސިއުލިން ސެންސިޓިވިޓީ އިތުރުކޮށްދީ ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދެއެވެ.

2-ކަނޑުމަސް

 ކަނޑުމަހަކީ ލޭގައި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭ ޕްރޮޓީން، ސިއްހަތަށް ފައިދާހުރި ފެޓްސް، ވިޓަމިންސް، މިނަރަލްސް އަދި އެންޓިއޮކްސިޑެންޓްސް ގެ އަގުހުރި މަސްދަރެކެވެ.

ލޭގައި ހުންނަ ހަކުރު ބެލެހެއްޓުމަށް ޕްރޮޓީން އަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އެއީ ހަޖަމުކުރުން ލަސްކުރުމަށް އެހީތެރިވެދީ، ކެއުމަށްފަހު ލޭގައި ހަކުރު އިތުރުވުން ހުއްޓުވައި، ފުރިހަމަކަމުގެ އިހުސާސްތައް އިތުރުކޮށްދޭ އެއްޗެކެވެ. މާގިނައިން ކެއުން ހުއްޓުވުމަށާއި ހަށިގަނޑުގައި ހުންނަ އިތުރު ސަރުބީ ދުއްވާލުމަށް އެހީތެރިވެދޭނެ ކަމަށާއި، މިއީ ދުޅަހެޔޮ ލޭގައި ހަކުރުގެ މިންވަރަށް ކޮންމެހެން ބޭނުންތެރި ދެ އަސަރެއް ކަމަށް ވެސް ދިރާސާ ތަކުން ދައްކައެވެ. 

ސެލްމޮން އާއި ސާޑިންސް ފަދަ ސަރުބީ މަސް ގިނައިން ބޭނުންކުރުމަކީ ލޭގައި ހަކުރު ރެގިއުލޭޓް ކުރުން ރަނގަޅު ކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

3-ބަރަބޯ އާއި ބަރަބޯ އޮށް
ގަދަ ކުލައެއްގެ އަދި ފައިބަރާއި އެންޓިއޮކްސިޑެންޓްސް އިން ފުރިފައިވާ ބަރަބޯއަކީ ހަކުރު ރެގިއުލޭޓް ކުރުމަށް ރަނގަޅު ޗޮއިސްއެކެވެ. ބަރަބޯއަކީ މެކްސިކޯ އާއި އީރާން ފަދަ ގިނަ ގައުމުތަކުގައި ހަކުރުބަލީގެ ސަގާފީ ފަރުވާ އެވެ.
ބަރަބޯގައި ޕޮލިސެކަރައިޑްސް ކިޔާ ކާބްސް ގިނައިން ހުންނައިރު، މިއީ ލޭގެ ހަކުރު ރެގިއުލޭޓް ކުރުމަށް އެހީތެރި ވެދޭ އެއްޗެއްކަމަށް ދިރާސާތަކުން ދައްކައެވެ. ބަރަބޯއެކްސްޓްރެކްޓްސް އާއި ޕައުޑަރސް އިން ފަރުވާ ދިނުމުން ހަކުރު ހުންނަ މިންވަރު ވަރަށް ބޮޑަށް ދަށްވާކަމަށް ދިރާސާތަކުން ފާހަގަ ކުރެވިފައިވެއެވެ. 
4-ނަޓްސް އާއި ނަޓް ބަޓަރެވެ
ދިރާސާތަކުން ދައްކާ ގޮތުގައި ނަޓްސް ކެއުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭނެ ފައިދާހުރި ގޮތަކަށް ވެދާނެ އެވެ.
ޓައިޕް 2 ހަކުރުބަލީގެ 25 މީހުންގެ މައްޗަށް ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ލޯ ކާބް ޑައިޓެއްގެ ތެރެއިން މުޅި ދުވަހު ޕީނަޓް އާއި އަލްމަންޑް ވެސް ބޭނުންކުރުމުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެއެވެ.