ބޭނުންވާ ތަކެތި:
މެޑްޖޫލް ކަދުރު ނުވަތަ އެހެންވެސް ކަދުރެއް (ތައްޔާރުކުރަން ބޭނުންވާ އަދަދަކަށް)
ޑާކް މިލްކް ނުވަތަ ވައިޓް ޗޮކްލެޓް 
އިޚްތިޔާރީ ޓޮޕިންގްސް ކަމަށްވާ ކޮށާފައި ހުންނަ ނަޓްސް، ޝްރެޑްޑް ކޮކޯނަޓް، ސީ ސޯލްޓް ފަދަ ތަކެތި.

 

ތައްޔާރުކުރާގޮތް:
ކަދުރު ތައްޔާރުކުރުން:

ކަދުރު ތަކުގައި އޮށް ހުރިނަމަ އޮށްތައް ފަރުވާތެރިކަމާއެކު ނަގާށެވެ. މިކަން ކުރެވޭނީ ކަދުރުގެ އެއްފަރާތުގައި ކުޑަ ވަޅިއެއް ބޭނުންކޮށްގެން އެއްފަޅި ހިމަ ރޮނގަކުން ފަޅާލައިގެނެނެވެ. ކަދުރު މުޅިން ފަޅައިނުލުމަށް ސަމާލުކަންދޭށެވެ.

ޗޮކްލެޓް ތައްޔާރުކުރުން:

ޗޮކްލެޓް ކުދިކުދި އެތިކޮޅުތަކަކަށް ކޮށާލުމަށްފަހު މައިކްރޯވޭވް ސޭފް ތައްޓެއްގައި ބަހައްޓާށެވެ. ޗޮކްލެޓް ފުރިހަމައަށް އެއްކޮށްލާފައި މެލްޓްވަންދެން 30 ސިކުންތު ވަންދެން މައިކްރޯވޭވް ކޮށްލާށެވެ. ނުވަތަ އުނދުންމަތީގައި ޑަބަލް ބޮއިލަރެއް ބޭނުންކޮށްގެން ޗޮކްލެޓް މެލްޓްކުރާށެވެ.

ކަދުރު ޗޮކްލެޓުން ކޯޓް ކުރުން:

ކަދުރުގެ ދެފަރާތުގައި ހިފާފައި މެލްޓް ކޮށްފައިވާ ޗޮކްލެޓްގެ ތެރެއަށް ލުމަށްފަހު ކަދުރު ފޮރުވާލާފައި، މުޅިން ޗޮކްލެޓުން ނިވާވެފައި ހުރިތޯ ޔަގީން ކުރަންވާނެއެވެ. ކަދުރު އެއްވަރަކަށް ކޯޓް ކުރުމަށް އެހީތެރިވުމަށް އުލެއް ނުވަތަ ދަނޑިކޮޅެއް ބޭނުން ކުރެވިދާނެއެވެ. 

ޓޮޕިންގްސް ލުން (އިޚްތިޔާރީ):

ކޮށާފައި ހުންނަ ނަޓްސް ނުވަތަ ޝްރެޑްޑް ކާށި ފަދަ އެއްވެސް ޓޮޕިންގްސްއެއް އަޅާނަމަ ޗޮކްލެޓް ކޯޓްކޮށްފައިވާ ކަދުރު މަތީގައި އުނގުޅާލާއިރު ޗޮކްލެޓް ހުންނަންވާނީ ނުހިކިއެވެ.

ކަދުރުތައް ސެޓްކުރުން:

ޗޮކްލެޓް ކޯޓްކޮށްފައިވާ ކަދުރު ޕާޗްމަންޓް ޕޭޕަރެއް ނުވަތަ ސިލިކޯން ބޭކިންގ މަތީގައި އަތުރާލާށެވެ. އެއްކަދުރު އަނެއްކަދުރާ ނުޖެހޭކަން  ޔަގީން ކުރަންވާނެއެވެ. މިއީ ސެޓްވާ ވަރަކަށް ކަދުރު ތައްނުވެ ރީތިކޮށްހުންނާނެ ގޮތެކެވެ.

ޗޮކްލެޓް ރަނގަޅަށް ހަރުވަންދެން ފްރިޖަށް ލުމަށްފަހު ކަދުރުތައް ހިކުމުން މަޑުމަޑުން ނައްޓާފައި ރީތި ތައްޓެއްގައި އަތުރާލާށެވެ.