ފާކިސްތާނަށް ކުރަމުންދާ ވިއްސާރަ އާއި ފެންބޮޑުވުމުވެ އެ ބިރުވެެރި ހާދިސާއާއި ގުޅިގެން ތަފާތު އެކި މަންޒަރުތަކާއި ވީޑިއޯތައް މީސްމީޑިޔާގައި ދައުރުވެއެވެ. އެގޮތުން މިއީ ގިނަ ބަޔަކު ޝައުގުވެރިކަމާއި އެކު ބަލަމުން ދިޔަ ވީޑިއޯއެކެވެ. އިސްލާމިކް ކޯޓްސް އެންޑް މުސްލިމް ނިއުސްގެ ނަމުގައި ހިންގާ އިންސްޓަގްރާމް ޕޭޖަކުން އާންމު ކުރި މި ވީޑިއޯ ވަނީ އެތް މިލިއަން ބަޔަކު ބަލާފައެވެ.

މި ވީޑިއޯގައި ފެންނަނީ ގާތްގަނޑަކަށް 10 އަހަރުގެ ފިރިހެން ކުއްޖެވެ. އޮއެ ދެމޭ ފެންގަނޑެއްގެ ތެރޭގައި އެ ކުއްޖާ ހުންނަ ތަން ފެނެއެވެ. އެ ކުއްޖާގެ ކަކުލާ ހިސާބުން އެ ފެންގަނޑު ދެމެމުން ދެއެވެ. އެ ދެމެމުން ދިޔަ ފެންގަނޑުގެ މެދުގައި ހުރެ، އެ ކުއްޖާ ބަންގިގޮވާ މަންޒަރު ފެނެއެވެ. އެ ޕޭޖުގައި އިތުރު ތަފްސީލެއްގެ ގޮތުގައި ލިޔެފައި ވަނީ އެ ކުއްޖާގެ އެ ބަންގި ގޮވަނީ އެ ކުއްޖާގެ ގޭ ހުރި ތަނުގައި ހުރެ ކަމަށެވެ. ދެމުނު ބާރު އޮޔާއި އެކު ފެންގަނޑުގެ ތެރެއިން އެކުއްޖާގެ ގޭ، ހަލާކުވެ ވުޖޫދުން ގެއްލުނެވެ. ބުނެވޭ ގޮތުގައި އެ ކުއްޖާ އެ ތަނުގައި ހުރެ ބަންގި ގޮވީ އެކަމުން އެކުއްޖާ ގަނެފައި ހުރި ބިރުގެ ބޮޑުކަމުން، އެ ބިރުވެރިކަމުން ސަލާމަތް ކޮށްދިނުމަށް އެދިއެވެ.

ޕާކިސްތާނުގައި ފެންބޮޑުވުމާއި ގުޅިގެން އެތައް ހާސް ބަޔަކު މަރުވެފައި ވާއިރު އެތައް މިލިއަން މީހުންގެ ގެދޮރު ވަނީ ނެތި ގޮސްފައެވެ. ހިތްދަތިކަމާއި ހިތާމަ އާއި ބިރުވެރިކަމުގަި ތިބި ޕާކިސްތާނުގެ އަހުލުވެރިންނަށް މިއަދު ބޭނުންވަނީ އަހަރެމެންގެ ހެޔޮ ދުޢާއާއި ދީލަތި އެހީއެވެ. އެގޮތުން ރާއްޖެއިންވެސް ވަނީ ޕާކިސްތާނަށް އެހީވުމަށް ކެންޕޭނެއް ފަށާފައެވެ.