ހދ.ނޮޅިވަރަމު ކައުންސިލާއި ކްލަބް ހުވާސް ގުޅިގެން ބޭއްވި ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން "އީގަލް" ޓީމުން ހޯދައިފިއެވެ. "އީގަލް" އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި "ސްމެޝަރސް"އާ ވާދަކޮށް 03 ސެޓު 01 ސެޓުންނެވެ.
މި މުބާރާތުގައި ރޭ ކުޅެވުނު ފައިނަލް މެޗުގެ ފުރަތަމަ 02 ސެޓު ވެސް 25 - 21ގެ ނަތީޖާއަކުން "އީގަލް"އިން ގެންގޮސްފައިވަނިކޮށް 03 ވަނަ ސެޓު ނިމިގެންދިޔައީ 25 - 22ގެ ނަތީޖާއަކުން "ސްމެޝަރސް" ކުރި ހޯދައިގެންނެވެ. އެހެންކަމުން 04 ވަނަ ސެޓެއް ކުޅެން ޖެހި އެ ސެޓު 25 - 23އިން "އީގަލް" ކާމިޔާބުކުރީއެވެ.
އެއްވެސް މެޗަކުން ބަލިނުވެ "އީގަލް" މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވާއިރު "ސްމެޝަރސް" ފައިނަލަށް ދަތުރުކުރީ އަމިއްލަ ބާރު ވެސް ކެނޑިފައިވަނިކޮށެވެ. އެހެނީ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި "ޗާލު" އަދި "އީގަލް" ބައްދަލުކުރި މެޗުން "ޗާލު" މޮޅުވި ނަމަ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރާނީ "ޗާލު" އާއި "އީގަލް"އެވެ. ނަމަވެސް އެ މެޗުން "ޗާލު" ބަލިވުމުގެ ސަބަބުން "ސްމެޝަރސް"އަށް ޖާގަ ލިބުނީއެވެ.
މުބާރާތުގެ އެންމެ މޮޅު 06 ކުޅުންތެރިންނަށް ހޮވިފައިވަނީ، ނަދުޙާ އަޙުމަދު - އީގަލް (ޖ10)، ވަދީފާ ވަލީދާ - އީގަލް (ޖ02)، އާމިނަތު ވަޙީދާ - ސްމެޝަރސް (ޖ04)، ޢާއިޝަތު އާދަމް - ސްމެޝަރސް (12)، އަޙްމީމާ މުޙައްމަދު - ޗާލު (ޖ11)، އާމިނަތު އާދަމް - އީގަލް (ޖ15) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް "އީގަލް"ގެ ކޯޗު އަދުނާން އުމަރު ހޮވިފައިވާއިރު އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ "ޗާލު" ޓީމުގެ އަފްނާން އަޙުމަދު އަފްރާޙެވެ. އަދި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ "ޗާލު"އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން