ޒެމްބިއާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔާ، ކެނެތު މުސޮންޑާ ސޯޝަލް މީޑިއާގައި ކުރިއަރަމުން އަންނަނީ، އޭނާގެ ކްލަބަށް ދެއްކި މޮޅު ކުޅުމަށް ފަހު މޭން އޮފް ދަ މެޗްއަށް ހޮވުމުން އިނާމެއްގެ ގޮތުގައި ފަސް ކާޓަން ބިސް ލިބުމުންނެވެ.

މެޗުގެ ހަމައެކަނި ގޯލު ޖެހުމުން އިނާމެއްގެ ގޮތުގައި އޭނާއަށް ދެ ކާޓަން ބިސް ލިބުނެވެ.

އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރުމުން އޭނާ އަށް އިނާމެއްގެ ގޮތުގައި އިތުރު ތިން ބިސް ކާޓަން ލިބުނެވެ.

މުސޮންޑާއަށް ބިސް ކާޓަންތައް ލިބޭ ވީޑިއޯ މިހާރު ޓްރެންޑްވެފައިވާއިރު، މެޗަކުން މޮޅުވުމުން އިނާމެއްގެ ގޮތުގައި ޓްރޮފީއެއް ނުވަތަ އެވޯޑެއް ނުދިނުމުން ބައިނަލްއަގްވާމީ ކުޅިވަރު މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުން މި ކަމަށް ދަނީ ފާޑުކިޔަމުންނެވެ.