އާތަންތަނަށް ދަތުރުކޮށް އެތަންތަނުގައި އާ ކަންތައް ތަޖުރިބާ ކުރުމަކީ ގިނަ ބަޔަކު އެންމެ ކުރާ ހިތްވާއެއް ކަންތަކެވެ. ކިތަންމެ ކުރާ ހިތްވާކަމެއް ނަމަވެސް ފްލައިޓުން ދަތުރުކުރަން ޖެހޭތީ އެކަން ކުރަން ބޭނުންނުވާ ނުވަތަ އެކަން ކުރަން ބިރުގަންނަ އެތައް ބަޔަކުވެސް އުޅެއެވެ. މިކަން ސައިކޮލިޖިސްޓުން ކިޔަނީ "ޔޫރޯފޯބިޔާ"އެވެ. މިކަން ދިމާވާން މެދުވެރި ވާ އެތައް ބައިވަރު ސަބަބުތަކެއްވެއެވެ.

އެގޮތުން އެންމެ ބޮޑު އެއްސަބަބެއްކަމުގައި ބެލެވެނީ މަތިންދާބޯޓު ވެއްޓުން ނުވަތަ ގޮވުން ކަހަލަ ހާދިސާތައް ހިންގާތީކަމަށް ދިރާސާތަކުން ދައްކައެވެ. މަތިންދާބޯޓު ތަކުގައި ދިމާ ހާދިސާތަކުގައި ގިނަ ފަހަރަށް އެގެން ދަތުރުކުރަމުން ދިޔަ އެންމެން މަރުވެފައި ވި ކަމުގައި ވިޔަސް އެކަހަލަ ހާދިސާތަކަކީ ކަނޑުގާއި އަދި އެއްގަމުގައި ދިމާވާ ހާދިސާތައްހާ ގިނައިން ދިމާވާ ހާދިސާތަކެއް ނޫން ކަމުގައި އެ ދިރާސާތަކުގައި ފާހަގަ ކޮށްފައިވެއެވެ.

އަނެއް ސަބަބެއްގެ ގޮތުގައި ފާހަގަކޮށްލަން ޖެހެނީ ބާރު އަޑު ނުވަތަ ގަދަޔަށް ތެޅުމުން ބިރުގަންނަ ނުވަތަ އެންޒައިޓީ އެޓޭކް އައުމެވެ. ފްލައިޓުތަކުގައި ދަތުރު ކުރާ އިރު އާންމުކޮށް ޓާރބިއުލެންސް އައުމަކީ ވަރަށްވެސް އާންމުކަމެއްކެވެ. މިކަމުގެ ސަބަބުން މީހާ އަށް އެންޒައިޓީ އެޓޭކްޖެހި ނުރައްކާތެރި ހާލަތަށް ވެއްޓުން އެކަށީގެންވެއެވެ. މި ކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ އެއްކަމަކީ ސައިކޭޓްރިސްޓަކަށް ދައްކައިގެން އެކަމަށް ބޭނުންވާ ބޭނުންވާ ބޭސް ހޯދައި އެކަމަށް ރައްކާތެރިކަން ހޯދުމެވެ. މީގެ އިތުރުން އެންޒައިޓީ އެޓޭކްއެއް އަންނަ ހިނދު އެކަމުން ރައްކާތެރިވާން ބޭނުން ކުރެވިދާނެ ޓެކްޓިކްސްތައް ހޯދައިއޭގެ ބޭނުން ކުރުމަކީވެސް ކުރެވިދާނެ ކަމަކެވެ.

މީހުން މަތިންދާ ބޯޓުން ދަތުރުކުރަން ބިރު ގަންނަ އެހެން ސަބަބަކަށް ބަލާއިރު އެކްރޯފޯބިއާ ނުވަތަ އުސްތަންތަނަށް އަރަން ބިރުގަތުން ހިނމެނެއެވެ. މިކަމުގެ ސަބަބުން މީހާ ހާސްވެ އޭނާ އަމަލުތައް އޭނާގެ ކޮންޓްރޯލުން ބޭރުވެގެންދެއެވެ.

މިކަންކަން ހައްލު ކުރަން ކުރެވިދާނެ އެތައް ކަމެއް ވާކަމަށް ސައިކޮލިޖިސްޓުން ބުނެއެވެ. އެ ގޮތުން ފުރަތަމަ ކަމަށް ގިނަ ގިނައިން ފްލައިޓުން ދަތުރުކުރުމުން މީހާ އެކަމަށް އިންނަ ބިރު ކުޑަވެގެންދެއެވެ. މީގެ އިތުރުން ތިމާގެ ބިރުގެ މަތިން ހަދާންނައްޓާލާ ދާން އުޅޭތަނުގައި ކުރެވިދާނެ އާ ތަޖުރިބާއާއި މެދުގައި ވިސްނާ ކުރެވިދާނެ މަޖާކަންކަމާއި މެދު ވިސްނުމުންވެސް މި ބިރުން އަރައިގަންނަން އެހީވެދެއެވެ. ފްލައިޓަށް އަރާއިރު ކުރޮސް ވޯޑް ޕަޒުލް ނުވަތަ އެކަހަލަ ގޭމެއް ހިފައިގެން އެރުމުންވެސް މީހާގެ ބިރުގެ މަތިން ނުވިސްނަން އެހީތެރިވެދެއެވެ.