ދުބާއީ އެއާޕޯޓްތަކުގައި ޕޯޓަބަލް ރޮބޮޓިކް ޗެކް-އިން ސިސްޓަމެއް އެމިރޭޓްސްއިން މިއަހަރު ތައާރަފް ކުރަން ނިންމައިފި އެވެ. ދުނިޔޭގެ ފުރަތަމަ ސިސްޓަމް ކަމަށް ބުނާ މި ނިޒާމް އަށް "ސާރާ" ގެނަމުން ނަންދެވިފައި ވާއިރު ސާރާ މަދުވެގެން ހަ ބަހަކުން ވާހަކަ ދައްކާނެކަމަށާއި, ޗެކްއިން އިން ފެށިގެން ހޮޓަލް ބުކިން އާއި ހަމައަށް ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ އެވެ.
"އަޅުގަނޑުމެންނަކީ ދުނިޔޭގެ ފެންވަރުގައި ޕޯޓަބަލް ޗެކް-އިން ރޮބޮޓެއް ތައާރަފްކުރި ފުރަތަމަ އެއާލައިން،" އެމިރޭޓްސްގެ ސީއޯއޯ، އާދިލް އަލް ރެދާ ވިދާޅުވި އެވެ. “ދުނިޔޭގެ އެއްވެސް އެއާޕޯޓެއްގައި އެކަން ކުރެވިފައެއް ނެތް. އަޅުގަނޑުމެން އެންމެ ފުރަތަމަ މިހިދުމަތްތައާރަފް ކުރާނީ ,ރޮބޮޓް ބޭނުންކޮށްގެން ޗެކިންގެ ހުރިހާ ޕްރޮސެސްއެއް ފުރިހަމަ ކުރެވޭނެ، އޭގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރަށް ނުވަތަ އީމެއިލްތަކަށް ބޯޑިން ޕާސް ދޫކުރުން ހިމެނޭ ”
އެމިރޭޓްސް އިން އެމީހުންގެ ބައިވެރިންނާ ގުޅިގެން ތަރައްގީކޮށްފައިވާ ރޮބޮޓިކް ޗެކް-އިން ސިސްޓަމަކީ އޭގެ ހާޑްވެއާ އާއި ސޮފްޓްވެއާ ހިމެނޭ ގޮތަށް ފުރިހަމައަށް ދުބާއީގައި އުފައްދާ ސިސްޓަމްއެކެވެ. އަލް ރެދާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތްމަދު އަހަރުތަކުގައި މުޅި ދުބާއީގެ އެއާޕޯޓްތަކުގައި މި ނިޒާމުތަކުގެ ތެރެއިން 200 އަށް ވުރެ ގިނަ ނިޒާމު ބޭނުންކުރެވޭނެ ކަމަށާއި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފުރަތަމަ ނިޒާމުތައް ތައާރަފްކުރާނެ ކަމަށް ބެލެވެ އެވެ. "އެއީ ފުލް ފަންކްޝަނަލް އަދި ވަގުތުން ބޭނުން ކުރަން ލިބޭނެ ސިސްޓަމެއް" އޭނާ ވިދާޅުވި އެވެ. “
ދުބާއީއަކީ ދުނިޔޭގެ ގިނަ ބައެއްގެ މަޤުބޫލްކަން ލިބިފައިވާ ޤައުމެކެވެ. ޗުއްޓީހޭދަކުރުމަާާއި ވިޔަފާރިބޭނުންތަކަށް ގިނައަދަދެއްގެ މީހުން ކޮންމެ ދުވަހަކުވެސް ޒިޔާރަތްކުރާ ތަރައްގީ ޤައުމެކެވެ. ދުނިޔޭގެ އެންމެ އުސްއިމާރާތާއި އެންމެ ބޮޑު ޝޮޕިންގ މޯލްވެސް ހުންނަނީ ދުބާއީގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން