ދުބާއީ ސަރުކާރުގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓް (އައިއޭސީއޭޑީ)ގެ އިންޖިނިއަރިންގެ ވެރިޔާ އަލީ މުހައްމަދު އަލްހަލްޔާން އަލްސުވައިދީ ވިދާޅުވި ގޮތުގައި މި ސްޓްރަކްޗާގައި 600 މީހުންނަށް ޖާގަ ލިބޭއިރު، ދެ ބުރިއަށް 2،000 އަކަމީޓަރުގެ ބިމެއް ހުންނާނެ އެވެ. އެއީ ކޮންކްރީޓް މިކްސް އިން ހަދާފައިވާ ތަނެއް ކަމަށާއި، އަހަރު ނިމޭއިރު އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ރާވާފައިވާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިންމާލެވޭނެ ކަމަށް ބެލެވެ އެވެ.

"އަޅުގަނޑުމެން މިސްކިތް 3ޑީ ޕްރިންޓް ކުރަން ހޮވީ ކުރީގެ އިމާރާތް ކުރުމުގެ އުސޫލުތަކާ އަޅާބަލާއިރު ވަގުތާއި ވަސީލަތްތައް ސަލާމަތް ކުރެވޭނެ އާ އަދި އާ ޓެކްނޮލޮޖީއަކަށް ވާތީ،" އަލްހާލިއަން އަލްސުވައިދީ ވިދާޅުވި އެވެ. އައިއޭސީއޭޑީން ވަނީ އިމާރާތް ކުރުމުގެ ކަންކަން ކުރިއަށްގެންދާ ކުންފުނީގެ ނަން ވަނީ ހާމަ ނުކޮށެެ.

3ޑީ ޕްރިންޓިން ބޭނުންކޮށްގެން އިމާރާތްތައް އެޅުމަށް ބޭނުންވަނީ ޑިޒައިންގެ މައުލޫމާތު ޕްރޮގްރާމްކޮށްފައިވާ ބޮޑެތި ޕްރިންޓިން މެޝިންތަކެކެވެ. އޭގެ ނޮޒެލްއަކުން ކޮންސްޓްރަކްޝަން މެޓީރިއަލް ފިއްތާލައި، ސްޓްރަކްޗަރ ފަށަލަތަކެއްގެ ގޮތުގައި ބިނާކުރެއެވެ. 3ޑީ ޕްރިންޓްކޮށްފައިވާ ސްޓްރަކްޗަރތަކުގެ ބޮޑު ބަޔަކީ ކޮންކްރީޓުން ހަދާފައިވާ ތަންތަން ނަމަވެސް ކްލޭ ފަދަ އެހެން ތަކެތި ބޭނުންކޮށްގެން ޕްރިންޓް ކުރެވޭނެ އެވެ.

ދުބާއީ ދުނިޔޭގެ 3ޑީ ޕްރިންޓިން ކެޕިޓަލަކަށް ވުމަށް ނިންމާފައިވާއިރު، 2018 ވަނަ އަހަރު “3ޑީ ޕްރިންޓިން ސްޓްރެޓެޖީ”އެއް ތައާރަފްކުރިއިރު، 2030 ވަނަ އަހަރުގެ ނިޔަލަށް އެމިރޭޓްގެ އާ އިމާރާތްތަކުގެ %25 3ޑީ ޕްރިންޓިން ކުރުމަށް ރާވާފައިވެ އެވެ.

2019 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެންމެ ބޮޑު 3ޑީ ޕްރިންޓްކޮށްފައިވާ ސްޓްރަކްޗާ - ދުބާއީ މުނިސިޕަލްޓީ އިމާރާތް (640 އަކަމީޓަރުގެ ސަރަހައްދެއްގައި 9.5 މީޓަރު އުސްމިނުގައި ހުރި) - ގެ އިތުރުން ދުނިޔޭގެ ފުރަތަމަ 3ޑީ ޕްރިންޓްކޮށްފައިވާ އޮފީސް، އަދި ޕްރިންޓް ކޮށްފައިވާ ޑްރޯން ރިސާޗް ލެބޯޓްރީ ވެސް ހުރީ ދުބާއީގައެވެ.

މުޅި ދުނިޔޭގައި 3ޑީ ޕްރިންޓްކޮށްފައިވާ އާ އިމާރާތްތައް އުފެދެމުން އެބަދެއެވެ. އުރުދުންގައި ރެފިއުޖީންނަށް އަދި ޓެކްސަސްގެ އޮސްޓިންގައި ގެދޮރު ނެތް މީހުންނަށް ބޯހިޔާވަހިކަމުން ފެށިގެން 3،800 އަކަފޫޓް (353 އަކަމީޓަރު) ގެ ކޭމްޕް ސްވިފްޓް އަސްކަރީ ތަމްރީނު މަރުކަޒު ފަދައިމާރާތްތައް ހިމެނެއެވެ. މީގެއިތުރުންް މެކްސިކޯގެ ޓަބަސްކޯގައި ހިންގާ ނިއު ސްޓޯރީ ޕްރޮޖެކްޓް ފަދައިން، ފަގީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް ގެދޮރު ފޯރުކޮށްދޭން ހިންގާ ޕްރޮޖެކްޓްވެސް ހިމެނެއެވެ.

ތިއޯ ސަލެޓް އަކީ ނެދަލެންޑްސްގެ އައިންޑްހޯވެން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ ޑިޕާޓްމަންޓް އޮފް ދަ ބިލްޓް އެންވަޔަރަންމަންޓްގެ ޑީން އެވެ. އޭނާ އަކީ 3ޑީ ޕްރިންޓިން ފަދަ ޓެކްނޮލޮޖީގެ ތެރެއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޒަމާނީ ކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

"ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަން ޖެހޭ، ހުނަރުވެރި ކޮންސްޓްރަކްޝަން މަސައްކަތްތެރިން ނެތުމާއި، ހަކަތަ ބަލިވުމާއި، ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ބޭނުންތެރިކަމުގެ ތެރޭގައި،" ޕްރިންޓުކުރިން ކުރިއަރުވަން ޖެހޭ ކަމަށް އޭނާ ބުނެއެވެ.