ދުނިޔޭ ގެ އެންމެ މަޝްހޫރު އެއް ހޮޓެލް ޗޭން ކަމަށްވާ ހިލްޓަން ގެ ލަގްޒަރީ ބުރޭޑް ވޯލްޑަފް އެސްޓޯރިއާއިން ރާއްޖޭގައި ހިންގާ އިތާފުށީގެ ކޮންމެ މުވައްޒަފަކަށް ބައިލައްކަ ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ސާރވިސް ޗާރޖްގެ ގޮތުގައި ދީފިއެވެ.

މި މަހު އިތާފުށިން މި ވަނީ ކޮންމެ މުވައްޒިފަކަށް 3370 ޑޮލަރު ދީފައިއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާ ކަމުގައި ވާ ނަމަ 51502.8 ރުފިޔާއެވެ. މީގެ ކުރިން ވެސް އިތާފުށި ވެގެން ގޮސްފައިވަނީ ރިސޯޓް ވޯކާރސް މޯލްޑިވްސް އިން ނެރޭ އެންމެ ބޮޑު ސާރވިސް ޗާރޖް ދޭ ރިސޯޓް ތަކުގެ ލިސްޓުން އެންމެ ކުރި ހޯދާފައިއެވެ.

ވޯލްޑަފް އެސްޓޯރިއާ އިތާފުއްޓަކީ ދުނިޔޭ ގެ އެންމެ މުއްސަދި މަހުޖަނުންނާއި އެންމެ މަސްހޫރު ސެލެބްރިޓީން އެމީހުގެ ޗުއްޓީ ހޭދަކޮށްލަން އެންމެ ގިނައިން އައިސް އުޅޭ އެމީހުންގެ އެންމެ މަގްބޫލް އެއްމަންޒިލެވެ. 

ރިސޯޓް ވޯކާރސް މޯލްޑިވްސް އިން ނެރުން ރިޕޯޓުން ވޯލްޑަފް އެސްޓޯރިއާ އިތާފުށިން އެންމެ ބޮޑު ސާރވިސް ޗާރޖެއް ދިންއިރު ދެން ސާރވިސް ޗާރޖް އެންމެ ބޮޑުކޮށް ދީފައިވާ ރިސޯޓް ގެ ގޮތުގައި ފާހަގަ ވެފައި ވަނީ ވަން އެންޑް އޮންލީ ރީތީ ރަށް އަދި އަނަންތަރާ ކިހާވަށް ރިސޯޓެވެ. ވަން އެންޑް އޮންލީ ރީތި ރަށުން ސާރވިސް ޗާރޖް ގެ ގޮތުގައި 3007 ޑޮލަރު (ދިވެހި ރުފިޔާއިން ބަލާ އިރު 46367.9 ރުފިޔާ) ދީފައިވާ އިރު އަނަންތަރާ ކިހާވަށް ރިސޯޓުން ދީފައިވަނީ 2097.4 ޑޮލަރު (ދިވެހި ރުފިޔާއިން ބަލާ ނަމަ 32341.9 ރުފިޔާ) ކަމަށް ފާހަގަ ކުރެވެއެވެ. 

ދިވެހިރާއްޖެ ގެ ވަޒީފާއާއި ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން ސާވިސް ޗާޖު ނަގަން ޖެހޭ އިސްލާހަށް މި މަހުގެ އެއްވަނަ ދުވަހު ވަނީ އަމަލުކުރަން ފަށާފަ އެވެ. މިކަމުގެ ސަބަބުން އެ ނެގޭ ފައިސާ މުވައްޒިފުންގެ މެދުގައި ހަމަހަމަކަމާއި އެކު އެއްވެސް ކަހަލަ ތަފާތު ކުރުމެއް ނެތި ހުރިހާ މުވައްޒިފުނަށް ލިބެން ޖެހޭނެއެވެ. ސާރަވިސް ޗާރޖްގެ ފައިސާ ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒިފުންނަށް ލިބެންޖެހޭ ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.