ދިވެހި އަދަބީބަސްތަކުގެ ތެރެއިން ހާރުވާ ކެޔޮގަނޑުގައި ފަލަ އަރި ޖަހާނެއޭ ބުނެވޭ ބަހަކީ މުސްކުޅި ބަހެކެވެ. މި ބަހުގެ މާނަ، ހަގީގަތަކަށް ވެދާނޭ ކަމަށް ގަބޫލު ނުކުރާ މީހުންވެސް އުޅެއެވެ. އެހެނަސް މި ބަހުގައި މި ބުނެވެނީ މުޅިން ދޮގު ވާހަކައެއް ނޫނެވެ.

މި ބަހުގެ ބަހަވީ މާނައަށް ބަލާއިރު، މި ބަހުގައި އެއްމެ ފުރަތަމަ އެ އޮތް ހާރުވާ، މި ލަފުޒަކީ ހަޑިކޮށް، ބާރަށް ވާހަކަ ދެއްކުމަށް ނިސްބަތް ކުރާ ބަހެކެވެ. ދެން އޮތީ ކެޔޮގަނޑަކާއި އޭގާ ފަލަ އަރި ޖަހާ ވާހަކައެވެ. ކެޔޮގަނޑެއްގައި ފަލަ އަރި ޖެހުމަކީ އެ ކެޔޮގަނޑެއް މޮޅުވެ އޭގެ އަގު އުފުލިދާ ކަމެކެވެ. މާނައަކީ އެ ކެޔޮގަނޑު ހާރުވާނަމަ، އޭގައި ޖަހާނެ އަރިތައް ފަލަވާނެއެވެ.

މި ބަހުގެ މުސްކުޅި މާނައަށް ބަލާލާއިރު، މި ބަހަކީ ކުޑަކުދިން ދެރަކޮށްލަން ބުނާ އެއްޗަކުން އެކުދިންނަށް ހެޔޮ ބަދަލެއް އަންނާނޭ ކަމަށް އުންމީދުކޮށް ބުނާ ބަހެކެވެ. ނުވަތަ އެފަދައިން ބުނެވުނު އެއްޗަކުން ހެޔޮ ބަދަލެއް އައުމުން ވެސް މިހެން ބުނެ އުޅެއެވެ. 

މިސާލަކަށް، ނުކަންޏާ މޫދަށް ލާނަމޭ ބުނެ، ދެރަކޮށްލުމުން، އެ ކުއްކާ ކައި ހަދާނަމަ، އެ ހާލަތުގައިވެސް ހާރުވާ ކެޔޮގަނޑުގައި ފަލަ އަރި ޖަހާނެއޭ ބުނެވިދާނެއެވެ.