ޤައުމިއްޔަތާ ޤައުމުގެ ނަމާ، ދިރުވަން ހިނގާށޭ ޖޯޝުގާ

   ނައުކޮޅު އަޒުމް ބަދެގެން ފަށާ، ޖޯޝާ އެކީ އެއް ރޫހުގާ 

 

ވަކި މީހަކާ ވަކި ބޭފުޅެއް، ވަކި ޢިއްޒަތެއް ނޯންނާނެޔޭ

   ޓަކި ގޮސް ޖަހާނޭ ދޮރުކޮޅަށް، ޤައުމިއްޔަތުގެ އާދޭހުގާ

 

ލޭފޮދު މިހަށިގަނޑުގާ ހިނގާ، އޮހޮރަން ކެރޭނެހެ ހައްގުގާ

   މޭކޮޅު ނަދާ އައްޑަނައަކަށް، ދިއްކޮށް ތިބޭށެވި ހައްގުގާ

 

އަބުޠާލުނާއި މުޖާހިދުން، ޤައުމަށްޓަކާ ޤުރުބާންވިއޭ

   އަގުވެސް ނުވާ ފަދަ ހިދުމަތުން، މުޅިން ބިން ފުރާލީ ދޭހުގާ

 

ފަސްގަނޑުގެ މައްޗަށް އޮހޮރިގެން، ލޭ ފޮދު ދިޔަސް ފަރުވާނެތޭ

   މަސްގަނޑު ވަކިން އެ ފުރާނަޔާ، ބިންގަނޑު ދަށަށްލާ ހާލުގާ

 

ޤައުމިއްޔަތުގެ މި ފަނާރުތައް، ދިރުވާށެވީ ކެރިގެން އަލުން

   މައުދަނު ރިކާޒުގެ އަގު ފަދައިން، ޤައުމާއި ދީނުގެ ހައްގުގާ