އަނިޔާ ތަކުން ކުދިކުދި ކުރީ، ކަރުނައިން ދެލޯ ތެންމާފައޭ

     ކަނި އޭގެ ނުފިލާހާ ހިނދަކު، މުޅިހިތް ހިމޭނުން ނޯވެފާ

ނިކަމެތި އަޚުންނާ އުޚުތުނާ، އެކުގާ ތިބީމޭ ދޭހުގާ

     ބިކަޙާލު އެވެރިންނަށް އެތާ، ޖައްސާތިއޭ ނަފުރަތުވެފާ

ދުނިޔޭގެ ބިޔަބޮޑު ޗާޓުގާ، ނުކުތާ ތަކެއް ފަދައިންވިޔަސް

     އުނިކަން ނުވާ ސާބިތުކަމުން، ހިތްތައް ވަނީ ތެމި ފޯވެފާ

ކުލުނާއި ލޮތްބާ ހެޔޮދުޢާ، ހިތްހެޔޮ ކަމާ ރަހުމުގެ ޝުއާ

     ފުލުމާރު ފަދައިން ގުޅިހިތާ، ހިތްތައް ވަނީ ގުޅި ގަދަވެފާ

ޣައްޒާގެ މުސްލިމު އުޚުތުނާ، އަޚުނަށް އެދޭ އަނިޔާތަކާ

     ފައްކާވެ ދެކޮޅަށް ބަސްބުނީ، މުޅި ދީބު އެއްކޮށް ތެދުވެފާ

ތީރުގެ މި ޓީމުންވެސް މިތާ، ޙައްގަށް ބުނީމޭ ބަސް އަދާ

     ކީރުން ހިނގާ ފެން ދާގޮތަށް، އެންމެން ތިބީމޭ ނުކުމެފާ