ޖަޕާނުގައި މަރުގެ ހުކުމް އިއްވާފައި ތިބޭކުށްވެރިންގެ ހުކުމް ތަންފީޒުކުރެވޭ ތާރީޚް ކުރީބައިގައި އެމީހުނަކަށް ނާންގާނެ. ހުކުމް އިއްވުމަށްފަހު ކޮންމެ ކުށްވެރިއަކުވެސް ނިދާނީ ޖެހިގެން އަންނަ ދުވަހަކީ އެމީހުންގެ ހަޔާތުގެ އެންމެ ފަހު ދުވަސް ކަމަށް ހީކޮށްގެން. މަރުގެ ހުކުމް ތަންފީޒުކުރާނީ އާންމު ގޮތެއްގައި ހެނދުނު. ކުށްވެރިންނަށް އެކަން އަންގަނީ ހުކުމް ތަންފީޒު ކުރުމުގެ ގަޑިއެއްހާއިރު ކުރިން. މިކަމުގެ ސަބަބުން ކުށްވެރިންނާއި އެމީހުންގެ އާއިލާއަށް ނަފްސާނީ ނޭދެވޭ އަސަރުކުރާކަމަށް ބުނެ އދ ގެ "ކޮމިޓީ އެގެއިންސްޓް ޓޯޗަރ"އިން ވަނީ ފާޑުކިޔާފައި. ޖަޕާނުގައި އާންމުކޮށް މަރުގެ އަދަބު ދެނީ ދަންޖައްސައިގެން.