އެމެޒޯން ރެއިންފޮރެސްޓަކީ ދުނިޔޭގެ ގުދުރަތީ ރީތިކަމުގެ ރަމްޒެކެވެ. ދުނިޔޭގެ އެންމެ ބޮޑު ޓްރޮޕިކަލް ރެއިންފޮރެސްޓެއްގެ ގޮތުގައި އަދި އޮކްސިޖަންގެ އަސާސީ މަސްދަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މި ފޮރެސްޓް، ދުނިޔޭގައި ދިރުންތައް ދެމެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.
ނަމަވެސް ކޮންޓްރޯލް ނުކުރެވި ފަޅުތަށް ކެނޑުމާއި އިންސާނުންގެ ބައެއް ހަރަކާތްތަކުގެ ސަބަބުން އޭގެ ނަޒާހަތްތެރިކަމަށް ނުރައްކާވެ، އިކޯސިސްޓަމްގެ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލްކަމަށް ނުރައްކާވެ އެވެ. ދުނިޔޭގެ އޮކްސިޖަންގެ ގާތްގަނޑަކަށް %20 އުފައްދަނީ އެމެޒޯން ރެއިންފޯރެސްޓުންކަން އެނގޭ ހެއްޔެވެ؟
"ދުނިޔޭގެ ފުއްޕާމޭ" ގެ ނަމުން ނަންދެވިފައިވާ އެމެޒޯން ރެއިންފޯރެސްޓަކީ މިދުނިޔޭގައި ހުރި އެންމެ އިކޯލޮޖިކަލީ ގޮތުން މުހިންމު އެއް ސަރަހައްދެވެ.
ބްރެޒިލް، ޕެރޫ، އަދި ކޮލަމްބިއާ ހިމެނޭ ގޮތަށް ދެކުނު އެމެރިކާގެ ނުވަ ގައުމެއްގައި ފުޅާވެފައިވާ މި ގަސްގަހާގެހިތައަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަށް ރެގިއުލޭޓްކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. 6.7 މިލިއަނަށް ވުރެ ގިނަ އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި އޮންނަ އެމެޒޯން ރެއިންފޮރެސްޓުގައި ހައިރާން ކުރުވަނިވި މިންވަރަށް ގަސްގަހާގެހި އާއި ޖަނަވާރުގެ ވައްތަރުތަކެއް އުޅެއެވެ. ގިނަ އަދަދެއްގެ ޖަނަވާރުތަކާއި ގަސްގަހާގެހި ހުރުމުގެ އިތުރުން ދުނިޔޭގެ އޮކްސިޖަން ފޯރުކޮށްދިނުމުގައި އެއްމެ މުހިންމު ދައުރެއް އަދާކުރަނީ މި ފޮރެސްޓް އިންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އޮކްސިޖަން ސަޕްލައިގެ ގާތްގަނޑަކަށް %20 އުފައްދަނީ އެމެޒޯން ރެއިންފޮރެސްޓް އިންނެވެ.
އެމެޒޯންގައި އުފައްދާ އޮކްސިޖަން އަކީ ހަމައެކަނި ދެކުނު އެމެރިކާގެ ގައުމުތަކަށް ފައިދާހުރި އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި ދުނިޔޭގެ މުޅި ޖައްވުގައި ދައުރުވެ، ވައިގެ ފެންވަރަށް ނުފޫޒު ފޯރުވައި، މުޅި ދުނިޔޭގެ ދިރުންތަކަށްވެސް އެހީތެރިވެދެއެވެ. މި އޮކްސިޖަން ޖައްވުގެ އޮކްސިޖަން ބެލެންސް އަށް ބާރުފޯރުވައި، ބިމާއި ފެނުގައި އުޅޭ ދިރުންތަކަށް އޮކްސިޖަން ފޯރުކޮއްދިނުމުގެ އިތުރުން އިންސާނުން ނޭވާލުމަށް ބޭނުންވާ މުހިއްމު މާއްދާތަށްވެސް ލިއްބައިދެއެވެ. ދެކުނު އެމެރިކާގެ ޖަންގަލިތަކުން ފެށިގެން ދުރު ބައްރުތަކުގެ ހަލަބޮލި ސިޓީތަކާ ހަމައަށްވެސް އެމެޒޯން އިން އުފައްދާ އޮކްސިޖަން ބޭނުންތެރިއެވެ.
އެހެންކަމުން، އެމެޒޯންގެ މުހިންމުކަން ދެނެގަނެ، އެތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ނިންމާ، މިއަދު ފިޔަވަޅު އެޅައިފިނަމަ، އަންނަން އޮތް ޖީލުތަކަށް އޮކްސިޖަނާއި ގުދުރަތީ އަޖައިބުން މުއްސަނދި ވެފައިވާ ޕްލެނެޓެއް ފެންނާނެކަން ކަށަވަރެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން