މިއީ އަލިފާން ރޯވާ ފަތެކޭ ބުނެފިނަމަ ހައިރާން ވާނޭ މީހަކު ނުހުންނާނެ. އެހެނީ ހަމަ ކޮންމެ ފަތެއްގައިވެސް އަލިފާން ހިފާ އަނދާނެތީ. އެހެނަސް "ޕަންޑަރްވާ ބައްޓި" ނަމަކަށް ކިޔާ މި ގަހުގެ ދަތަކީ އަދި މުޅިން ތަފާތު ފަތެއް.

މި ގަހުގެ ހިނދޫ ކުރިތަކުގައި ހުންނަ ފަތްތަކަކީ އޭގައި ކުޑަ ތެޔޮކޮޅެއް ހާކާލާ، އަލިފާންކޮޅަކުން ރޯކޮށްލުމުން ހުޅުހިފާ އެތައް އިރެއްވަންދެއް އަލިފާންކޮޅު ނުނިވި ހުންނަ ފަތެއް. ބުނެވޭ ގޮތުގައި ގަދީމީ އިންޑިޔާގެ މީހުން މި ފަތް ވަރަށް ގިނައިން ބޭނުން ކުރި. އެއީ ރޭގަނޑަށް އަލިކުރުމަށް އަލިފާން ރޯކުރަން. ރޭގަނޑު އެބައިމީހުންގެ ގޭތަކުގައްޔާއި، އަދި ރޭގަނޑު ކުރާ ދަތުރުތަކުގައި އަލި ކުރުމަށް މީގެ ފަތްތަކުން ބޮނޑިބަނދެ، ތެޔޮހާކާ، ރޯކޮށް އަލިކުރުމަށް ބޭނުން ކުރި. 

މިކަމަށް ބޭނުންވަނީ "ޕަންޑަރްވާ ބައްޓި" ގަހުގެ ހިނދޫ ކުރިތަކުގެ ރޯ ފަތްތަކެއް. މި ފަތުގައި ތެޔޮ ހާލާކުމުން ފަތުގެ ތެރެއަށް ތެޔޮގަނޑު ވަދޭ. ދިރާސާވެރިން ފާހަގަ ކުރާ ގޮތުގައި މި ފަތުގައި ހުޅު ހިފާފައި ހުންނަ ހުރުން އެއްމެ ފަސޭހައިން ސިފަ ކުރެވޭނީ ސުތުލި ފީތާ އެއް ގޮތަށް. އެހެންކަމުން މި ފަތަށް "ފީތާ ފަތޭ" ވެސް ކިޔާ!