ދުނިޔޭގައި ދިރިއުޅޭ އެންމެ ހަރަކާތް ލަސް ޖަނަވާރަކީ ސްލޮތް ނަމަކަށް ކިޔާ ޖަނަވާރެއް. ސްލޮތެއްގެ ހިނގުމުން މިހާތަނަށް ރިކޯޑު ކުރެވިފައިވާ އެންމެ ބާރު ހިނގުމަކީ ގަޑިއަކު 0.003 މޭލު. މި ޖަނަވާރު މިހާ ހަރަކާތް ލަސްވިނަމަވެސް މިއީ އިންސާނުންނަށްވުރެ 3 ގުނަ ބާރުގަދަ ޖަނަވާރެއް. އެސޮރުގެ އެއް އަތުން އެސޮރުގެ ހަށިގަނޑުގެ ބަރުދަން އެތައް ގަޑިއިރަކު ހިފަހައްޓާ. މި ޖަނަވާރު ހަޖަމުގެ ނިޒާމުވެސް ހިނގަނީ އެހާ ލަހުން. އެހެންކަމުން މި ޖަނަވާރު ބޮޑުކަމުދަނީ ހަފްތާއަކު އެއްފަހަރު. ބޮޑުކަމުދާ ފަހަރަކު ނަމަ، އެސޮރުގެ ހަށިގަނޑުގެ 3 ބައިކޮށްފަ 1 ބައި ބަރުދަން ލުއިވޭ. އެސޮރު ބޮޑުކަމުދަނީ ގަސްގަހުގެ ބުޑުގައި ވަޅުގަނޑުގަނޑު ކޮނެގެން. ސްލޮތަކީ އެސޮރުގެ ލޮލުގައި ކުލަ ދެނެގަތުމުގެ ގާބިލުކަން ލިއްބައިދޭ ސެލްތައް ނުހުންނަ ޖަނަވާރެއް. އެހެންކަމުން ސްލޮތަށް ފެންނާނީ ކަޅާއި ހުދުން. ނަމަވެސް އެސޮރުގެ ވަސްދުވުމުގެ ހިއްސަކީ ވަރަށް ބާރުގަދަ ހިއްސެއް. އެއްގަމަށްވުރެ ފެނުގައި މި ޖަނަވާރުގެ ހަރަކާތް އަވަސްވޭ. ސްލޮތު ކާ އެއްޗެހި، ހަޖަމުވާން 30 ދުވަސްވެސް ހޭދަވާކަމަށްވޭ. މީގެ އިތުރުން ސްލޮތެއް 100 ފޫޓު މަތިން ވެއްޓުނަސް އެއްވެސް އަނިޔާއެއް ނުލިބޭ. މިއީ އެސޮރުގެ ހަށިގަނޑު އުފެދިފައިވާ ގޮތުން ކަންހިނގާ ނިޒާމެއް.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން