ކޮކާލަކީ ވަރަށް ގިނަ މީހުންގެ ހިތަށް އުފާވެރިކަން ގެނެސްދޭ ސުއިއްޕެއް. ކޮކާލުގެ ފިޔައަކީ އެއްފަރާތުން އަނެއް ފަރާތް ފެންނަހެން ތުނިކޮށް ހުންނަ އެއްޗެއް. ކޮކާލުގައި ހުންނަނީ 2 ފިޔަ ކަމަށް ފެނުން ނަމަވެސް މި ސޮރުގެ 4 ފިޔަ ހުރޭ. 20 ހާސް ތަފާތު ވައްތަރުގެ ކޮކާ ދުނިޔޭގެ އެކި ހިސާބުގައި އުޅޭ. ކޮކާ އެއްޗެހީގެ ރަހަބަލާ އުޅެނީ އެސޮރުމެން ފައިން. އެހެންކަމުން އިންސާނެއްގެ ގައިގައި ކޮލާއެއް އައިސް ޖައްސައިފިނަމަވެސް ބޮޑަށް ބެލެވެނީ އެއީ ބަނޑުހައި ވެގެން ކާ އެއްޗެއް ހޯދުމުގެ ތެރެއިން ކުރާ ކަމެއްގެ ގޮތުގައި. ކޮކާލެއްގެ އެވްރެޖް އުމުރަކީ މަދު ހަފްތާކޮޅެއް. ކޮކާލެއްގެ ގޮތުގައި އެސޮރުގެ އުމުރަކީ ތިނެއް ނުވަތަ ހަތަރު ހަފްތާ ނަމަވެސް އޭގެ މުޅި ހަޔާތުގައި 2 މަހާއި 8 މަހުގެ މުއްދަތު ހޭދަވޭ. އެންމެ ދިގު މުއްދަތު ހޭދަވަނީ ފަނީގެ ސިފައިގައި. ބައެއް ކޮކާ 24 ގަޑިއިރަށް ދިރިހުންނަ އިރު އަނެއްބައި ކޮކާ 8 މަސް ދުވަސް ވަންދެން އުދުހި އުދުހި އުޅޭ. ކޮކާލުގެ ބައެއް ވައްތަރަކީ ފިނި މޫސުން އައުމުން ހޫނު ހިސާބުތަކަށް ހިޖުރަ ކުރާ އެއްޗެއް. އެގޮތުން ބައެއް ކޮކާ 2500 މޭލު ދުރުހިސާބުތަކަށް ވެސް ހިޖުރަ ކުރޭ. ކޮކާލުގެ ތެރެއިން އެންމެ ބޮޑެތި ކޮކާ ކަމުގައި ބެލެވޭ ޖަޔަންޓް ސްވެލޯޓެއިލް ކޮކާގެ ފުޅާމިނުގައި 7 އިންޗި އަދި ދިގުމިނުގައި 4 އިންޗި ހުރޭ. ކޮކާލަކީ މުޅިންވެސް ދިޔާ އެއްޗެހި ބޮއިގެން އުޅޭ ސުއިންޕެއް. އެއްވެސް އެއްޗެއް ހެފުމުގެ ގާބިލުކަން ކޮކާލަށް ލިބިގެން ނުވޭ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން