އަޑި ދިޔައިގައި ކަނޑުގެ ލޮނުގަނޑަށް ވަނީ ކީއްތޯ ވަރަށް ގިނަމީހުން ސުވާލުކުރޭ. ދިޔަވަރު ހިކެމުން ދާ ވަގުތު ކަނޑުގައި ހުންނަ ލޮނަށް މި ވަނީ ކީއްތޯ ވިސްނާލުން މުހިންމު. އެހެނީ އެއްބަޔަކު އެ ލޮނުތައް ކަނޑުގެ އަޑިއަށް ހިނދެނީއޭ ވެސްބުނޭ. އަދި އަނެއްބައި މީހުން އެ ލޮނުތައް ކަނޑުގެ އެހެންހިސާބަކަށް ޖަމާވަނީއޭ ވެސް ބުނޭ.

ކަނޑުގެ ދިޔަވަަރާއި ހަނދުގެ ދައުރުވުމާއި ވަނީ ގުޅިފަ. ހަނދުގައި ހުންނަ ދަގައްފާނީ ބާރަކުން ނުވަތަ "ގްރެވިޓޭޝަނަލް ފޯސް" އެއްގެ ސަބަބުން ދިޔަރަވަރު ކޮންޓުރޯލް ކުރާ ބާރެއް އުފެދޭ. މިއަށް އިނގިރޭސިން ޓައިޑަލް ފޯސް އޭ ކިޔާ.

މި ބާރުގެ ސަބަބުން ދުނިޔޭގެ ބިމުގައި ހުންނަ ފެން ނުވަތަ ކަނޑުގެ ލޮނުގަނޑު، ހަނދާއި ދިމާލަށް ޖަމާވާގޮތް ދިމައިވޭ. ނަތީޖާ އަކީ ދުނިޔެއާއި ހަނދާ އެންމެ ކައިރިވާ ހިސާބަކަށް މި ފެންތައް ނުވަތަ ލޮނުތައް ގިނަވެގެން ދިއުން. މާނައަކީ އެ ހިސާބެއްގައި އޮންނާނީ ބޮޑު ދިޔަ. އެހެން ކަމުން އަޑި ދިޔައަކީ އެ ހިސާބަކާއި (ދުނިޔޭގެ ބިމަކާއި) ހަނދާއި އެންމެ ދުރު ހިސާބުގައި އޮންނަ ދިޔަވަރު. ނުވަތަ ދިޔަ އަޑިވަމުން ދާނީ ހަނދު އެ ހިސާބަކާ ދުރުވާ ވަރަކަށް. 

މީގެ ނަތީޖާ އަކީ އެއް ހިސާބެއްގައި ހުންނަ ލޮނު، އަނެއް ހިސާބަކަށް ޖަމާވަނީއޭ. ހަނދު އަބަދުވެސް ކޮންމެވެސް ހިސާބަކުން ދުނިޔެއާއި ކައިރީގައި ހުންނާނެ. އެހެން ކަމުން ކަނޑުގެ ލޮނުގަނޑު ގިނަވެގެން ދަނީ އެ ހިސާބެއްގަ.

އަޑިދިޔައިގަ ކަނޑުގެ ލޮނުގަނޑު ޖަމާވަނީ ބޮޑު ދިޔައެއް އޮންނަ ސަރަހައްދަކަށް. އެއްވެސް ހާލެއްގާ ކަނޑުގެ ލޮނުގަނޑު ކަނޑުގެ އަޑިއަށް ހިނދެނީކީ ނޫން.