ކޮވިޑް-19 އާ ގުޅިގެން މެކްސިކޯގެ ސްކޫލްތައްވަނީ ބަންދުކޮށްފައި. ނަމަވެސް އެގައުމުގެ ސްކޫލެއްގެ ޚައްސާ އެހީއަށް ބޭނުންވާ ކުދިންގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް، ޓީޗަރުވަނީ ޕިކަޕެއްގެ ފަހަތް ކުލާސް ރޫމަކަށް ބަދަލުކޮށްފައި. އަދި މި ޕިކަޕް ކޮންމެ ދުވަހަކު 2 ގަޑިއިރަށް ކުދިންގެ ގެއިން އެކުދިން ނަގައިގެން އަންނަނީ ކިޔަވާދެމުން. މިއީ އިންޓަރނެޓާއި ފޮތް ލިބެންނެތް އޮޓިސްޓިކް ކުދިންނަށް އަމާޒުކޮށް ހިންގާ ކުލާސްތަކެއް. ނޭ ނަމަކަށް ކިޔާ މި ޓީޗަރުގެ މި ޚާއްސަ އެހީތެރިކަން މުޅިދުނިޔެއިން މިހާރު އަންނަނީ ފާހަގަ ކުރަމުން. މި ފޮޓޯއަކީ މި ކުލާސްތައް ހިންގާތާ އެތައް ދުވަހެއް ފަހުން ބެލެނިވެރިއަކު ނަގާ ޓްވިޓަރއަށް ލުމުން މީހުންގެ ސަމާލު ކަމަށް އައި ފޮޓޯއެއް.