ކުރައްޕަކީ ވަރަށްގިނަ މީހުން ބިރުގަންނަ އަދި ފަކުރު ގަންނަ ސުއިއްޕެއް. އެމީސްމީހުން ކުރަފިދެކި ބިރުގަންނަ ސަބަބުތަކެއް ހުރޭ. ނަމަވެސް ދަންނަވަން މިއުޅޭ ސަބަބު ފަހަރުގާ ގިނަ މީހުނަށް ނޭނގިދާނެ. ކުރައްޕަކީ އެންމެ ބާރަށް ދުވާ ސޫފިކަމަށް ގިނަ ސައިންސުވެރިން ބުނޭ. ކުރަފީގެ ހަލުއި ކަމަކީ އޭގެ ސަބަބުން އަވަހަށް ބަލި ފެތުރޭ އެއް ސަބަބު. ކުރަފީގެ އަސްލު ދުވެލި މިހާތަނަށް ހޯދިފައި ނެތަސް ސައިންސުވެރިން ފާހަގަކުރާ ކަންތައްތަކެއް ހުރޭ. ބައެއް ސައިންދުވެރިން ބުނާ ގޮތުގައި ކުރަތްޕަށް ގަޑިއަކު 3 މޭލު ބާރުމިނުގައި ދުވުމުގެ ގާބިލުކަން ލިބޭ. އަދި އަނެއްބައި ސައިންސު ވެރިން ބުނާ ގޮތުގައި އިންސާނަކު އެސްފިޔަ ޖަހާލާ ކުޑަ ވަގުތުކޮޅެއް ތެރޭގައި އެ ކުރަފީގެ ދިގުމިނުގެ 50 ކުރަފީގެ ދިގުމިން ހުންނަ ހިސާބަށް ދުވެފައި ދެވޭ. މިއީ އެސޮރަށް އަންނަ ނުރައްކާތަކުން ސަލާމަތްވުމަށް އެ ސޫފީގައި މާތް ﷲ ލައްވާފައިވާ ވަރަށް ފުރިހަމަ ނިޒާމެއް. މިކަމުގެ ސަބަބަކީ ކުރަފީގައި އިންނަ 6 ފައި. މިއިން ކޮންމެ ފައެއްގައި 3 ކަކޫ ހުރޭ. އޭގެ ސަބަބުން ކުރަފި ދުއްވައި ގަންނައިރު އެސޮރުގެ އެންމެ ބާރު ދުވެލީގައި ދުއްވައި ގަންނަން ފެށޭ. އެއާއި ހިލާފަށް އިންސާނުންނަށް އެންމެ ބާރު ދުވެލި ގެނެވޭނީ ހިސާބަކަށް ދުވުމަށް ފަހުގައި. މިއީ ސައިންސުވެރިންގެ ބަސްކަމުގައި ވީނަމަވެސް މިކަމަކީ އަމިއްލަފުޅަށް ތަޖުރިބާވެސް ކުރެވިދާނެ ކަމެއް.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން