ދުނިޔޭގައި އަލަށް ތައާރަފު ކުރެވޭ ނުވަތަ އުފައްދާ އެއްޗެއް، އޭގެ ޖީލުތަކެއް ފަހުން ވަރަށް ބޮޑަށް ބަދަލުވޭ. މިއީ ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި ގަޑި އާއި ބެހޭ ކުޑަ މައުލޫމާތު ކޮޅެއް. މީގެ ކުރިންވެސް ގަޑި ބަލަމުން ދޭ. ނަމަވެސް މިއީ ފުރަތަމަ މެކޭނިކަލް ގަޑި. މި ގަޑި އުފައްދާފައިވާ ކަމަށް ބުނެވެނީ މީލާދުން 1300 ވަނަ އަހަރު. މިއީ އިނގިރޭސި ވިލާތުގައި އުފައްދާފައިވާ ގަޑިއެއް. މި ގަޑި ބަލާބެލުމަށް ގަޑިއެއްގެ ސިފައެއް ނުޖަހާ. މި ގަޑި ހިނގަނީ އޭގައި ހަރުކޮށްފައި ހުންނަ ދެ ބަރުގެ އެހީގައި. އެ ދެބަރުގައި ދެ ވާފަށް ޖަހާފައި ހުރުމުން އެ ދެބަރު ދެކޮޅަށް ކިރެމުން ދޭ. އަޖައިބު ކުރަނިވި ކަމަކީ މި ގަޑީގައި އެއްވެސް ކަށްޓެއް ނުހުރޭ. ބޮޑު ކަށްޓެއް ނުވަތަ ކުޑަ ކަށްޓެއްވެސް ނުހުރޭ. އަދި މި ގަޑީގައި އެއްވެސް އަދަދެއްވެސް ނުހުރޭ. އެހެން ކަމުން މި ގަޑިން، ގަޑި ބުނެދެނީ ވަރަށް ތަފާތު ގޮތަކަށް. މިގަޑީގެ މަތީގައިވާ "ފޯލިއޮޓް ބެލެންސް" ނަމަކަށް ކިޔާ ތަނަކުން ގަޑީގެ ވަގުތު އެޖެސްޓު ކުރެވޭ. އަދި ގަޑި ބުނެދިނުމަށް މި ގަޑީގައި ހަރުކޮށްފައިވަނީ ރަނގަބީލެއް. ކޮންމެ އެއްގަޑިއިރަކުން ނުވަތަ ބައި ގަޑިއިރަކުން އެ ރަނގަބީލު ޖެހޭ. އެއްގަޑި އިރުނަމަ ފޯލިއޮޓް ބެލެންސް ދިގުކޮށްފައި ބަހައްޓާ. ބައިގަޑި އިރު ނަމަ އެއަށްވުރެ ކުރުކޮށްފާ ބަހައްޓާ. މި ގަޑި އުފެއްދީ ބޮޑެތި އުމްރާނީ މަސައްކަތްތަކުގައި އުޅޭ މީހުންނަށް ވަގުތު ހޭދަވާ މިންވަރު ބުނެދިނުމަށްކަމަށްވޭ. އަދި މަސައްކަތްތަކުގެ ދުވެލި ހަލުއިކުރުމުގެ ބޭނުމުގައި ކަމަށްވެސް ބުނެވޭ.