ހިންޏަކީ އަހަރެމެންނަށް އެންމެ އާންމުކޮށް ފެންނަ އެއް ސޫފި. އަދި އެ ސުއިއްޕަކައިގެން އެހާމެ އުނދަގޫވެސްވާ އެއް ސޫފި. ނަމަވެސް ވިސްނުމާ މައުރިފާ ކުރުމުގެ ގާބިލުކަން ހުރި މި އިންސާނާއަށް ހިންޏާ ބެހޭގޮތުން އިނގެނީ ކޮން މާއުލޫމާތެއް؟ ހިންޏަކީވެސް ދިރޭ ސުއިއްޕެއްކަމުން، އެސޮރުވެސް ނޭވާ ލާން ޖެހޭނެ. އެހެންކަމުން މި ލިޔުމުގައި މި ބަލައިލަނީ ހިނީގެ ނޭވާލާ ނިޒާމަށް. ހިނީގެ ނޭވައިލާ ނިޒާމުގައި ފުއްޕާމެއެއް ނުހުރޭ. އެސޮރުގެ ހަށިގަނޑު ކުޑަ ކަމާއި ހެދި އެފަދަ ގުނަވަނެއް ހިނީގެ ހަށިގަނޑުގެ ތެރޭގައި ނުހުރޭ. ހިނީގެ ނޭވާލާ ނިޒާމަކީ މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ ފުރިހަމަ މިސާލެއް. ހިނީގެ ހަށިގަނޑުގެ ދެފަރާތުގައި ކުދި ހޮރުތަކެއް ހުރޭ. މި ހޮރުތަކަށް ސްޕިރެކްލްސް އޭ ކިޔާ. މި ހޮރުތަށް ގުޅިފައިވަނީ ހިނީގެ ހަށިގަނޑުގައިވާ ހޮޅި އަކާ. މި ހޮޅި ހިނީގެ ހުރިހާ ގުނަވަނަކަށް އޮކްސިޖަން ފޮނުވައިދޭ. ހިނީގެ ހަރަކާތް ތެރިވުމުގެ ސަބަބުން އެ ހޮރުތަކުން އޮކްސިޖަން ހިނީގެ ހަށިގަނަޑުގެ އެތެރެއަށް ވަދޭ، އަދި ހަރަކާތާ އެކު ހަމަ އެހޮރުތަކުން ކާބަންޑައި އޮކްސައިޑް ބޭރުކޮށްދޭ. އަދި ހިނi ހަރަކާތްތެރި ވުމުގެ ސަބަބުން އެ ހޮޅި ތެރެއިން ފުރޭނިގެންދާ އޮކްސިޖަންތައް ހިނީގެ ހަށިގަނޑުގައިވާ ގުނަންތަކަށާއި ހަތާ ތަކަށް (ސެލްތަކަށް) ފޯރުވާ. ހިނީގައި ނޭވާ ލާނޭ ނޭފަތެއް ނުހުރޭ. މިކަން އަޅުގަނޑުމެން ކިތައް މީހުން ދެނަހުރީމުތޯ؟ އެހެނަސް އަޅުގަނޑުމެންނަކީ އާދަވެ ހިންޏާ އޮޅުލާ މީހުން.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން