ގިލްބަރޓް ޔޫ-238 އެޓަމިކް އެނަރޖީ ލެބަކީ، އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޭ.ސީ ގިލްބާރޓް ކުންފުނިން ތައްޔާރުކޮށް 50 ޑޮލަރަށް ވިއްކި ކުޑަކުދިންގެ ކުޅޭ ސެޓެއް. 1950 ގައި ވިއްކަންފެށި މި ސެޓްގައި 3 ވައްތަރެއްގެ ރޭޑިއޯއެކްޓިވް ޔުރޭނިއަމް ހިމެނޭ. މިއީ ނިއުކްލިއަރ އަދި ކެމިކަލް ރިއެކްޝަން ކުދިންނަށް ދަސްކޮށްދިނުމަށްޓަކައި ތައްޔާރު ކުރެވިފައިވާ ކުޅޭ ސެޓެއް ކަމަށް މި ސެޓް އުފެއްދި ކުންފުނިން ބުނޭ. 2006 ވަނަ އަހަރު "ރާޑަރ މެގަޒިން" އިން ތައްޔާރުކުރި "އެންމެ ނުރައްކާތެރި 10 ކުޅޭ ސާމާނު" ގެ ލިސްޓްގައި މި ސެޓް ވަނީ ހިމެނިފައި. 2 އަހަރު ތެރޭގައި މީގެ 5000 ކިޓާ ގާތަށް ވިކުނުފަހުން މި ކިޓް ވިއްކުން ވަނީ ހުއްޓާލެވިފައި.