120،000 މީހުން ބައިވެރިކޮށްގެން ހާވަރޑް ޔުނިވަރސިޓީއިން ހިންގި ދިރާސާއަކުން ހާމަވާ ގޮތުގައި ގަވައިދުން ކޮންމެ ދުވަހަކު ޕޮޓޭޓޯ ޗިޕްސް ކާނަމަ ހަތަރު އަހަރުގެ ތެރޭގައި 1.69 ޕައުންޑްގެ ބަރުދަން އިތުރުވޭ. މި ދިރާސާގެ ބައިވެރިންގެ ތެރެއިން އަލުވި ކޭ ބައިވެރިންގެ ބަރުދަނުން އިތުރު ވީ 1.28 ޕައުންޑް. ހަކުރު އަޅާފައިހުންނަ ބުއިންތައް ބޭނުން ކުރި ފަރާތްތައް ބަރުވީ 1 ޕައުންޑުން އަދި ޕރޮސެސް ނުކޮށް ހުންނަ ރަތް އެއްގަމުމަސް (ގެރިމަސް ފަދަ) ބޭނުންކުރި މީހުންގެ ބަރުދަން އިތުރު ވީ 0.95 ޕައުންޑް