އަރާކި ގަހަކީ މުސްލިމުންގެ ޙަޔާތުގައި ވަރަށް މުހިއްމުގަހެއް. މުސްލިމުންގެ މެދުގައި ވަރަށްވެސް މަޤުބޫލު ގަހެއް. އެހެންކަމުން މި ގަހާ، މި ގަހުން އުފައްދާ އަރާކި ބުރުހާ ބެހޭގޮތުން އެއްޗެއް އެނގުމަކީ އަޅުގަނޑުމެންނަށް ބޭނުންތެރި ކަމެއް. މި ގަހަށް ޢަރަބިބަހުން އަރާކު ގަހޭ ނުވަތަ ޚިމްޠު ގަހޭ ކިޔާ. މިއަށް އިރާކު އޭވެސް ކިޔާ އުޅޭ. ޢާއްމުކޮށް މިގަހަށް ކިޔަނީ މިސްވާކު ގަސް، ނުވަތަ ބުރުސް. މިގަހުގެ ޢިލްމީ ނަމަކީ ސެލްވަޑޯރާ ޕަރސީކާ.
އަރާކިގަހަކީ ވަރަށް ދުވަހުންހެދޭ، ފަތްތައް އަބަދުވެސް ފެހިގަހެއް. ޢުމުރުގެ ގޮތުން ބަލާއިރު މި ގަސް ފަސް އަހަރާ ވިހި އަހަރާ ދެމެދުގެ މުއްދަތަކަށް ދުނިޔޭގައި ހުރޭ. އަހަރަކު 200 މިލިމީޓަރުގެ މަދު ވާރޭފެންފޮދެއް ވެހޭ ހަނަފަސްބިމުގައި ވެސް މިގަހަށް ހެދެވިދާނެ. އަރާކިގަހަކީ ވަރަށް ކުޑަގަހެއް. ގަހުގެ މަލުގެ ކުލައަކީ ރީނދޫ ކުލައެއް. އެކަމަކު މޭވާގެ ކުލަ ހުދު ނުވަތަ ފިޔާތޮށިކުލަކަމުގައި ވެދާނެ. އެއީ ކެއުމަށް ރަނގަޅު، ހަކުރު ގިނަ މޭވާއެއް. މޭވާގެ ތެރޭގައި އޮންނަ އޮށަކީ ވަރަށް ތެޔޮގިނަ އޮށެއް. މޭވާ ދޮންވެ ފައްކާވުމުން އޮށުގެ އެތެރެ ފެންނާނެ. ޢާއްމު ގޮތެއްގައި އަރާކިގަސް ހައްދަނީ އޭގެ އޮށް އިންދައިގެން. އޮފި އޮފި އިންދައިގެން މަދުންނަމަވެސް ހައްދާ.
އަރާކިގަހުގެ ތޮށިން ދަތްއުނގުޅާބޭސް އުފައްދާ. މި ގަހުގެ ތޮށީގައި ޖަރަސީމު މަރާ ބާރެއް ހިމެނޭތީ އެއީ ދަތަށާއި ހިރުގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެއް. މިއީ ދަތުގެ ރިހުން ކެނޑުވުމަށް ވެސް ބޭނުންކުރެވިދާނެ އެއްޗެއް. މިގަހުގެ ގޮފިން ދަތްއުނގުޅުމަކީ ކުޅުގައި ހުންނަ ޕީއެޗް ގެ މިންވަރު ކުޑަކުރާނެކަމެއް. މި ކަމުގެ ސަބަބުން ކުޅު އުފެދުން އިތުރުވޭ. ކުޅު ގިނަވުމަކީ ދަތާއި ހިރުގަނޑުގާއި އަރުތެރޭގެ ބަލިތަކުން ދުރުކޮށްދޭ ކަމެއް.
އަރާކިގަހުގެ މުލުގެ ތޮށީގައި ހުންނަ މާއްދާތަކުގެ ސަބަބުން އެއީ އަނގަދޮވެސާފުކުރުމަށް ވަރަށް ރަނގަޅު އެއްޗެއް. އަދި މިގަހުގެ ފަތް ކައްކައިގެން ކިހުނު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކޮށްފައިވޭ. މިގަހުގެ ކިރަކީ ފާރުހިއްކުމަށް ބޭނުންކުރެވޭ ޙަކީމީ ބޭހެއް. ގަހުގެ މަލަކީ ޖުޒާމުބައްޔަށާއި ކިހުނުބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރެވޭ އެއްޗެއް. މި ގަހުގެ މޭވާ ހުންކޮށީގެ ބަލިތަކަށާއި ރާއްޖެބަލީގެ އުނދަގޫތަކަށް ފަރުވާ ދިނުމަށްޓަކައި ބޭނުންކުރެވިފައި ވޭ.
ދަތްއުނގުޅާ ދަނޑިކޮޅު (ނުވަތަ މިސްވާކު) ހަދަނީ މިގަހުގެ މުލުން. ކަމާބެހޭ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި މިއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއްނޫން. ސަހަރާގައި ހެދޭ އިރާކުގަހުން މޫކަނޑަން ފަސޭހަވި ނަމަވެސް ވާދީީތަކުގައި ހެދޭ ގަސްތަކުން މޫ ކެނޑުމަކީ ވަރަށް އުދަނގޫކަމެއް. ވާދީގައި ހެދޭ ގަސްގަހުގެ މޫ ވަރަށް ތޫނު. މި ގަހުން މޫ ކެނޑުމަށްޓަކައި ގަހާ ވަރަށް ދުރަށް ދާންޖެހޭނެ. މައިގަހާ ވަރަށް ދުރުން މޫ ހޯދައިގެން އަތުން ކޮނުމަށް ތަޖްރިބާކާރުން ބުނޭ. ޅަ މޫ ކަނޑާލައިފާ ގަސްމޫގަނޑު އަލުން ވަޅުލާނެ. އަރާކި ދަނޑިކޮޅު ދަތްއުނގުޅަން ރަނގަޅުއެއްޗެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދަނޑިކޮޅުތައް އެލްމެނިއަމް ކަރުދާސްކޮޅެއްގައި ރަނގަޅަށް އޮޅައިފާ ސެލޯފަން ކަރުދާހުގެ ތެރެއަށް ލައިފާ އައިސްއަލަމާރީގައި ބަހައްޓަންވާނެ. ދަނޑިކޮޅެއް ބޭނުން ވުމުން އެ ބޮޑިން އެތިކޮޅެއް ނަގާ. މި ގޮތަށް ޢަމަލު ކޮށްފިނަމަ އަރާކި ދަނޑިކޮޅެއް ދެ އަހަރެއްހާ ދުވަގެ މުއްދަތަކަށްބެހެއްޓިދާނެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން