ތުއްތު ކުއްޖަކު ވިހެއުމަށްފަހު އެކުއްޖާގެ ކަރުނަވަޅު އެއްކޮށް ހުޅުވެން އެއް މަހާ ތިން މަހުގެ މުއްދަތެއް ނަގާ. އެއްމަހުން ދަށުގެ ކުދިން އެކުދިންގެ އިހުސާސްތައް ބަޔާންކޮށްދޭން ކިތަންމެ ބާރަށް ރުއިކަމުގައި ވިޔަސް ކަރުނަ ނާންނަނީ މި ކަމުގެ ސަބަބުން. އެހެންކަމުން ތުއްތު ކުއްޖަކު "ކަރުނަ އަޅާ ރުއިމަކީ" އެއީ ނާދިރު ކަމެއް. މިއީ ބެލެނިވެރިން ހާސްވާންޖެހޭ ކަމެއް ނޫން. ނަމަވެސް މިކަން 3 މަހަށް ވުރެ ގިނަ ދުވަހަށް ދެމިގެންދާ ނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދަން ވާނެ.