އިންސާނާގެ ދުލަކީ ވަރަށް އާދަޔާ ހިލާފު ގުނަވަނެއް. ބަލާ ބެލުމަށް ދުލަކީ ކަށިނެތް މަސްކޮޅެއް. އާދެ! ދުލަކީ ކަށި ނެތް މަސްކޮޅެއް. އެހެން ނަމަވެސް ދޫ އުފެދިފައިވަނީ އެންމެ މަސްކޮޅަކުންނެއް ނޫން. ދުލުގައި ދެވައްތަރެއްގެ މަސް ހުރޭ. މިއިން ކޮންމެ ވައްތަރަކަށް ނިސްބަތްވާ ހަތަރު މަސްކޮޅު ހުރޭ. މާނައަކީ މުޅި ދޫ އުފެދިފައިވަނީ 8 މަސްކޮޅުގެ މައްޗަށް. އެއްވައްތަރުގެ މަސްތަކަށް އިންޓްރިންސިކް މަސަލްސްއޭ ކިޔާ. މިއީ ދުލުގެ ބޭރާ އެއްވެސް ގޮތަކަށް ގުޅިފައި ހުންނަ މަސްތަކެއް ނޫން. މި ބާވަތުގެ 4 މަސްކޮޅުވޭ. މި މަސްތަކުގެ ވާޖިބަކީ ދޫ އޭގެ ބައްޓަމުގައި ބެހެއްޓުން. ދުލުގައި ހުންނަ އަނެއް ބާވަތުގެ މަސްތަކަށް އެންޓްރިންސިކް މަސަލްސްއޭ ކިޔާ. މީގެ ވެސް 4 މަސްކޮޅު ދުލުގައިވޭ. މި މަސްތަކުގެ ވާޖިބަކީ ދުލުގެ ހަރާކާތްތަކަށް ދޫ ހަރަކާތް ކުރުވުން. ސިކުނޑިން ފޮނުވައިދޭ މެސެޖުތަކާއި އެއްގޮތަށް ދޫ ހަރަކާތް ކުރަނީ މި މަސްތަކުގެ ބާރުން. މިއިން މަސްކޮޅެއްގެ ބާރު ދެރަވެ މަސައްކަތް ހުއްޓިއްޖެ ނަމަ ދުލުގެ މަސައްކަތްތަކަށް ބުރޫ އަރާނެ. އެގޮތުން ވާހަކަ ދައްކަން ދަތިވުމާއި، ކެއުމާއި ދިރުވުމަށް ބުރޫ އަރާނެ. މާތް ﷲ އިންސާނޭގެ މި ދޫ ހައްދަވާފައިވާ މިވަނީ އަހަރެމެން އިންސާނުން އެއާއި މެދު ވިސްނާ ފިކުރުކުރުމައްޓަކައި. މިހާ ފުރިހަމަ ކަމާއެކު މި ކުޑަ ކުޑަ މަސްކޮޅު ބައްޓަން ކުރައްވާ އުފެއްދެވީތީ މާތް ﷲ އަށް ހަމްދާ ޝުކުރު ކުރަން!