ދުނިޔޭގެ ބިމުގައިވާ ޖަނަވާރުން ތެރެއިން އެންމެ ބޮޑު އެއް ޖަނަވާރަކީ އެތް. އެތަކީ އެއްގަމުގައި އުޅޭ އެންމެ ބޮޑު ޖަނަވާރު. އެތުގެ ހަށިގަނޑަކީ ކުޅަދުންވަންތަ ކަމުގެ ހެކިތަކުން ފުރިފައިވާ ހަށިގަނޑެއް. އެތު ހޮނޑަކީ އަޖައިބެއް ކަހަލަ ގުނަވަނެއް. އެތުގެ ހޮނޑަކީ ވަރަށް ބާރުގަދަ ގުނަވަނެއް. މި ގުނަވަނުގައި 40،000 މަސް ކޮޅު ނުވަތަ މަސް ފޮތި އެކުލެވިގެން ވޭ. މި ހޮނޑުގެ ދިގު މިނުގައި 6 - 5 ފޫޓު ހުރޭ. އެތުގެ ނޭފަތަކީވެސް މިއީ. އެސޮރު ފެންގަނޑު ތަކުގައި ފީނާއިރު މި ހޮނޑު ފެނުގެ މައްޗަށް އުފުލާފައި ބަހައްޓާ. އެއީ އެސޮރުގެ މުޅި ހަށިގަނޑު ފެނުގެ އަޑީގައި ވާ އިރުވެސް ނޭވައި ލުމަށްޓަކައި. އެތުގެ ހޮނޑުން ގަސްގަހުގެ ވެއްޓިފައި ހުންނަ އަފިތައް އުފުލާ ހަދާ. އަދި ބައެއް ގަސްގަސް ހަލުވާ ވެސް ހަދާ. މި ހޮނޑަކީ އެތް ފެން ބުއިމަށް ބޭނުން ކުރާ އެއްޗެއް. ފެންގަނޑުގެ ތެރެއަށް ހޮނޑު ލުމަށްފަހު ހޮނޑުގެ ތެރެއަށް ފެން ދަމާ. މިގޮތަށް ހޮނޑު ފުރެންދެން ފެން ދަމައިފިނަމަ، 8 ލީޓަރު ފެން ހުންނާނޭ ކަމަށް ދިރާސާވެރިން ފާހަގަ ކުރޭ. އަދި މި ފެންތައް ހޮނޑުގެ ތެރޭގައި ޖަމާކުރުމަށްފަހު އެސޮރުގެ އަނގައަށް އަޅާލާ. އެހެން ޖަނަވާރުހެން ފެން ބުއިމަށް ފެންގަނޑުގެ ދޮށުގައި ބަނޑުޖަހާކަށް އެތަކަށް ނުޖެހޭ.