އާޖެންޓީނާއަށް ނިޞްބަތްވާ 12 އަހަރުގެ ނިކަނޯރް ކިންތެރޯސް ވަނީ އޭނާގެ މާމަގެ އެހީގައި އަމިއްލަ ސްކޫލެއް ޤާއިމް ކޮށްފައި. މިއީ އެހިސާބުގައި ދިރިއުޅޭ ފަޤީރު ކުދިންނަށް ތަޢުލީމް އުނގަންނައިދޭން ފެށި މަސައްކަތެއް. ސްކޫލު ހެދީ ގެއާ ޖެހިގެން އޮތް ހުސްތަނުގައި ސަތަރި އާއި ލަކުޑި ފަތި ބޭނުންކޮށްގެން. ގޮޑީގެ ގޮތުގައި ބޭނުންކުރީ މޭވާ އަޅަން ބޭނުންކުރާ ލަކުޑި ވަށިތައް. ކުރިން ބޭނުންކޮށްފައި ހުރި ފޮތްތައް ކުދިންނަށް ދީގެން ފެށި ސްކޫލަށް އިތުރު 2 ކުލާސްރޫމް އިތުރު ކުރީ އަވަށްޓެރިންގެ އެހީގައި. މި ސްކުލޫގައި ލައިބްރަރީ އެއް ވެސް ހުރޭ. ކިޔަވާދެނީ ނިކަނޯރް އަދި އޭނާ އާ އެއް ކުލާހުގައި ކިޔަވާ އެހެން ބައެއް ކުދިން. 36 ކުދިން ތިބި މި ސްކޫލުގެ ޕްރިންސިޕަލަކީވެސް ނިކަނޯރް. ޚުދު ނިކަނޯރް ތަޢުލީމް ހާޞިލް ކުރުމަށް ކޮންމެ ދުވަހަކު 4 ކިލޯމީޓަރުގެ ރާސްތާއެއް ބައިސްކަލުގައި ކަޑައްތުކުރޭ. ނިކަނޯރްގެ ޕޮކެޓްމަނީ އިން ބާކީ ކޮށްގެން ސްކޫލަށް އަންނަ ކުދިންނަށް ބިސްކޯދުވެސް ގަނެދީ ހަދާ. ނިކަނޯރް މި ސްކޫލު ފެށި އިރު އޭނާގެ އުމުރަކީ އެންމެ 9 އަހަރު.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން