ޕޮމޭޓޯ ގަހަކީ ޓޮމާޓޯ އަދި އަލުވި ގަސް ގްރާފްޓް ކޮށްގެން ( ދެގަހުގެ ބައިތައް ގުޅުވައިގެން) އުފައްދާފައިވާ ގަހެއް. މި ގަހުގެ މަތީގައި ޗެރީ ޓޮމާޓޯ އަޅާ އަދި ބިމުގެ އަޑިއަށް އަލުވި ފައިވާ. މިހެން ހެދެނީ ޓޮމާޓޯ އަދި އަލުވި ވެސް ނިޞްބަތްވަނީ އެއް އާއިލާއަކަށް ކަމަށް ވުމުން. މި ގަހުގެ އާއިލީ ނަމަކީ "ސޮލަނޭސީ" މިގަހަށް އާންމުގެ ތެރެއިން ދީފައިވާ ނަމަކީ "ކެޗަޕް އެންޑް ފްރައިސް"