ދިއްގާ ގަހަކީ ދިވެހި ރާއްޖޭގައި ވަރަށް އާންމުކޮށް ހެދޭ ވަރަށް ގިނަ ބާވަތެއްގެ ގަހެއް. ރީނދޫ ދިއްގާ އަކާއި ރަތް ދިއްގާއެއް ހުރޭ. ރީނދޫ ދިއްގާގައި ނުކުންނާނީ ރީނދޫ މާ، ރަތް ދިއްގާގައި ނުކުންނާނީ ރަތްކުލައިގެ މަލެއް. ރާއްޖެއިން އެންމެ ގިނައިން ފެންނަނީ ރަތް ދިއްގާ. ދިއްގާ ގަހުގެ ފަތްތަކުގައި ނިކަން އާދަޔާހިލާފު މުލިހި ތަކެއް ފާޑު އެކި ކޮޅުތަކެއް އުފުލިފައި ހުރޭ. މިއީ ވަރަށް އާންމުކޮށް ފެންނަ ކަމެއް. ޒަމާނުއްސުރެ ދިވެހިން އެމީހުންގެ ޅަދަރީންނަށް ކިޔައިދޭ ގޮތުގައި އެ ފަތްތަކުގައި އެފަދައިން އުފުލިފައި ހުންނަ އެތިކޮޅުތަކެއް ހުންނަނީ އެ ފަތް ނުވަތަ އެ ގަސް ޝަހާދު ނުކިޔާތީ. ބައެއް މީހުން މިހެން ބުނެ އުޅެނީ އެމީހުންގެ ދަރިން ޝަހާދަތުގެ ދެކަލިމަ ކިޔުމަށް ހިތްވަރު ދިނުމުގެ ގޮތުން. އަނެއްބައި ފަހަރު ދިއްގާ ފާތަކުގެ ތެރެއަށް އެކުދިން ވަނަ ނުދިނުމަށް، ބިރުވެރިކަމާއި ނާމާންކަމުގެ އިންޒާރެއްގެ ގޮތުންވެސް މިހެން ބުނެ އުޅޭ. އެހެންނަމަވެސް ދިއްގާ ފަތުގައި މިހުންނަ އެތިކޮޅުތަކަކީ ހަގީގަތިގައިވެސް ޝަހާދު ނުކިޔާތީ އެ ފަތްތަކުގައި ނަގާ އެތިކޮޅު ތަކެއް ހެއްޔެވެ؟ ދިއްގާގަހުގެ ފަތްތަކުގައި ވަރަށް ކުޑަކުޑަ ސުއިއްޕެއް ދިރިއުޅޭ. މިއީ އިންސާނުންނަށް ހަމަލާއެއް ނުވަތަ ގެއްލުމެއް ދޭ ސުއިއްޕެއް ނޫން. މި ސޫފި ކައި ނުވަތަ ބޮއެ އުޅެނީ ދިއްގާފަތުން. އެހެންކަމުން މި ސޫފި އެ ފަތްތަކުން އޭގެ ކާނާ ހޯދަމުން ދާއިރު އެ ސޫފީގެ ނަޖިހާއި އަދި އެސޫފީގެ އަނގައިން ނުކުންނަ ދަވައަކާއި ފަތުގެ ދިޔައާއި އެކުވެގެން އުފެދޭ ކެމިކަލް ރިއެކްޝަނެއްގެ ސަބަބުން މި އެތިކޮޅުތައް އުފެދޭ. މި ސޫފީގެ ނަމަކީ "ހައިބިސްކަސް ބްލިސްޓާ މައިޓްސް".