ފުޅަނގި މިއީ ދިވެހިންނަށް ވަރަށް ހާއްސަ ވަރަށް ޝައުގުވެރި މަހެއް. ކަނޑުގެ މަތީ ފަށަލައިގައި އުޅޭ މި މަހުގެ 40 އެތައް ވައްތަރެއް ވޭ. ފުޅަނގީގެ ކަންފަތްގަނޑަކީ ދިގު ފުޅާ ކަންފަތްގަނޑެއް. ފުޅަނގީގެ ނަގުލުގެ މަތީ ބަޔަށްވުރެ ތިރީބައި ދިގުވާނެ. މިމަހަށް ބައެއް ބޮޑެތި މަސްތަކުން ހަމަލާދޭ. އެ ހަމަލާތަކުން ސަލާމަތްވުމަށް ނުވަތަ ރައްކާތެރިވުމުގެ ގޮތުން މި މަހުގައި ވަނީ ވަރަށް އާދަޔާހިލާފު ކުޅަދާނަކަމެއް ލައްވާފަ. މި މަގުގެ ދިގު، ފުޅާ ކަންފަތްގަނޑުގެ އެހީގައި މި މަސް އުދުހޭ. ބާރު ދުވެލީގައި ދުވެފައި އައިސް ފެނުގެ މައްޗައް ފުންމާލާ. އަދި ކަންފަތްގަނޑު ފޭކޮށް ހުޅުވާލުމަށްފަހު އޭގައި ވައި އަޅުވާލާ. އެއާއި އެކު މި މަސް އުދުހޭ، މިގޮތަށް 550-650 ފޫޓާއި ދެމެދުގެ ދުރުމިނަކަށް މި މަހަށް އުދުހިފައި ދެވުމުގެ ގާބިލުކަން ލިބިފައިވޭ. މި މަަހަށް އުދުހެވޭ ދުރުމިން އެކި ބިނާވަނީ އެކި ސަބަބުތަކަށް. އެގޮތުން މި މަސް ދުވާ ބާރުމިން އެއީ މައިގަނޑު އެއް ސަބަބު. ފުޅަނގީގެ އެންމެ ހަލުވި ދުވެލި ކަމުގައި ފާހަގަވެފައި ވަނީ ގަޑިއަކު 35 މޭލު. އެއީ ގަޑިއަކު ގާތްގަނޑަކަށް 56 ކިލޯމީޓަރު ބާރުމިން. މި ކުޅަދާނަކަމާއި ޤާބިލުކަން މި މަހަށް ލިބިފައި ވުމުން ކަނޑުގައި އުޅޭ ބައެއް ބޮޑެތި މަސްތަކުގެ ޝިކާރައަކަށް ނުވެ ސަލާމަތް ވުމުގެ ފުރުސަތު މި މަހަށް ލިބިދޭ. މިއީ ބައެއް މޫސުމުގައި ވަރަށް ގިނައިން އުދުހޭ މަހެއް. މިގޮތައް އުދުހި ރަށްރަށުގެ ގޮނޑުދޮށްދޮށަށްވެސް އަރާ. މިއަށް ފުޅަނގި އެރުމޭ ކިޔާ. މިއީ ރަށްރަށުގެ ކުދިބޮޑު އެންމެންނަށް އުފާވެރިކަމާއި ހިނިތުންވުން ގެނުވާކަމެއް. މިއީ ދިވެހިން ކައި އުޅޭ މަހެއް. ލައިގެން ކާނޭ ކިތަންމެ އެއްޗެއް މި މަހުން ދިވެހިން ތައްޔާރުކޮށް އުޅޭ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން