ކޯރެއް ބަންޑުންވެ ބޮޑެތި ގެއްލުންތަކެއް ލިބުނޭ ކިޔާތީ ވަރަށް ގިނައިން އަޑު އިވޭ. ކޮންމެވެސް ތޫފާނެއްގައި ނުވަތަ ކޮޅިގަނޑެއްގައި، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ބަންޑުންވޭ. ކޯރަކީ ފަރުބަދަ ތަކުން ފައިބައިގެން އަންނަ ކުދި ފެން އާރުތައް އެކުވެގެން އުފެދޭ، ފެންދެމޭ ބޮޑު ފެންގަނޑެއް. ކޯރުތަކަކީ ބިމުގައި ވަކިން ފުންވެފައިވާ ތަނެއް. ވީއިރު ކޯރު ބަންޑުން ވާނީ ކިހިނެއް؟ ތައްޓެއް ބަންޑުންވި ނަމަވެސް ކޯރެއް ބަނޑުން ވާނެ ގޮތަކީ ކޮބާ؟

ކޯރުތަކަކީ އެތަންތަނުގައި ފެން ދައުރުވާ ތަންތަން. ބޯކޮށް ވެހޭ ވާރޭގެ ސަބަބުން ކޯރަށް ޖަމާވާ ފެނުގެ ނިސްބަތް އިތުރުވޭ. އެއާއި އެކު ކޯރުގެ ފެންގަނޑު ބޮޑުވެ ގިނަވޭ. މީގެ ނަތީޖާއެއްގެ ގޮތުން ކޯރުގެ ފަސްގަނޑަށް އިތުރު ބުރައަކަށްވޭ. އަދި ބޮޑު ބާރެއް ކުރޭ. މި ބާރަށް ކެތް ނުވެ، ބައެއް ކޯރުތަކުގެ އައްސޭރިން ބިންގަނޑުގައި ރެނދުލާ ކަނޑައިގެން ދޭ. އެއާއި އެކު ފެންގަނޑު އެ ދިމާލަށްވެސް މިސްރާބު ޖަހާ. ކޯރަށް ގިނަވާ ފެންގަނޑު ބޮޑުވެ ކޯރުގެ އައްސޭރިން އުފުލި ކޯރުގައި ދައުރުވާ ފެންގަނޑު އެއްގަމަށް ދަތުރުކުރޭ. ބާރު ސްޕީޑުގައި އޮއެ ދެމޭ ކޯރުތައް މިފަދައިން ފުރުމުން އެއްގަމަށް ދަތުރުކުރާ ފެންގަނޑުގައި ބާރު އޮއެއް ހުރޭ. އޭގެ ނަތީޖާއަކީ ހަލުއިކަމާއެކީ އެއްގަމަށް ފެންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް ވުން. މިހާލަތުގައި މި ހިނގާ ކަންކަމަށް ކޯރު ބަންޑުން ވުމޭ ކިޔާ. ކޯރުގައި ދަތުރުކުރާ ފެންގަނޑު، ބޮޑުވެ ކޯރުގެ އައްސޭރިން އެއްގަމަށް އެފެންގަނޑު ދަތުރުކުރުމުން ކޯރުބަންޑުން ވުމޭ ކިޔާ. އެއްވެސް ހާލެއްގައި ކޯރު އޭގެ ޒާތައް ބަންޑުން ޖެހެނީކީ ނޫން. ނުވަތަ ބިންގަނޑަށް އެފަދަ ބޮޑު ބަދަލެއް އަންނަނީކީ އެއް ނޫން.