ވައިކިންގްސްއަކީ ކުރީގެ ސްކެންޑިނޭވިޔާ (މިހާރުގެ ޑެންމާރކް، ނޯރވޭ އަދި ސްވިޑްން)ގެ ދެކުނަށް ނިސްބަތްވާ ބައެއް. މިމީހުންނަކީ 8 ވަނަ ގަރުނުން ފެށިގެން 11 ވަނަ ގަރުނާއި ހަމައަށް އުތުރު ޔޫރަޕްގެ ބިންތަކަށް ވެރިވެގަނެގެން އެ ސަރަހައްދުގައި ވިޔަފާރި ކުރިބައެއް. މި މިހުންނަކީ ސާފުތާހިރުކަމަށް ވަރަށް ލޯބި ކުރި ބައެއް. ގަދަ ފިނީގައި އުޅެމުންވެސް މަދުވެގެން ހަފްތާއަކު އެއްފަހަރު ފެންވަރާ، ގަވައިދުން އަންނައުނު ބަދަލުކޮށް، ކޮންމެ ދުވަހަކު އަތާއި މޫނު ދޮވެ ހަދާ. މިއީ ޔޫރަޕްގެ އެހެން މީހުން އަމަލު ކުރާ ގޮތެއްނޫން. ބެލެވޭ ގޮތުގައި ތުނބުޅި ބާލާ ރޭޒަރއާއި ޓްވިޒަރގެ އިތުރުން ބޮލުގައި އަޅާ ފުނަލަކީ ވައިކިންގްސް އިން އީޖާދު ކުރި ތަކެތި. މި މީހުންގެ ސާފު ތާހިރު ކަމުގެ ސަބަބުން ޔޫރަޕްގެ ރަށްވެހި އަންހެނުންގެ ހިތްތައް މިމީހުންގެ މައްޗަށް ލަންބާލުން ވީ ވަރަށް ވެސް ފަސޭހަ ކަމަކަށް.