މިނިކާވަގަކީ ޖަންގަލީގައި ދިރިއުޅޭ އެންމެ ބޮޑު ބުޅާ. އެހެނީ މިނިކާވަގަކީ ބުޅަލުގެ އާއިލާއަކަށް ނިސްބަތްވާ ޖަނަވާރެއް. މިނިކާވަގަކީ ވަރަށްގިނަ ޖަނަވާރުން ޖެހިލުންވާ ޖަނަވާރެއް. އެއީ މިނިކާވަގަކީ ހުނަރުވެރި ޝިކާރަވެރިއަކަށް ވާތީ. މިނިކާވަގުގެ ހަމަލާތަކުގައި ކޮންމެ އަހަރަކު އެތައް ސަތޭކަ އިންސާނުން މަރުވޭ. މިނިކާވަގުގެ އާދަޔާ ހިލާފު އެއް ކަމަކީ ނުވަތަ އެއްޗަކީ އެސޮރުގެ ކުޅު. މިނިކާވަގުގެ ކުޅުގައި އާދަޔާ ހިލާފަށް ލައިސޮޒޯމް ނަމަކަށް ކިޔާ އެންޒައިމެއް ހުރޭ. މިއީ ދިފާއި ނިޒާމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެންޒައިމެއް. އެހެންކަމުން މިނިކާވަގުގެ ކުޅަކީ އޭގައި ވަރަށް ބޮޑަށް "ފަރުވާ" އެކުލެވޭ އެއްޗެއް. މިނިކާވަގުގެ ކުޅަކީ "އެންޓި ސެޕްޓިކް" އެއް ކަމަށް ސައިންސުވެރިން ބުނޭ. އޭގެ މާނައަކީ އިންފެކްޝަނާއި ނުވަތަ ޖަރާސީމާއި ދެކޮޅަށް މަސައްކަތް ކުރާ އެއްޗެކޭ. މިނިކާވަގުގެ ހަށިގަނޑުގައި އެއްވެސް ކަހަލަ އަނިޔާއެއް ނުވަތަ ފާރުކޮޅެއް ހުރެއްޖެނަމަ، އެސޮރު އެތަނެއްގައި ދޫކާތާނެ. އަދި އެހެން މިނިކާވަގުވެސް އެތަންތަނުގައި ދޫކާތާނެ. ނަތީޖާއަކީ މިނިކާވަގުގެ އަނގައިގައި ހުންނަ ކުޅު އެ ފާރުގަނޑުގައި އުނގުޅުން ނުވަތަ ހޭކުން. އިސްވެ ދެންނެވުނު ފަދައިން އެސޮރުގެ ކުޅުގައި ހުންނަ "ފަރުވާ" ގެ ސަބަބުން، އެ ފާރުތައް އަވަހަށް ފަސޭހަ ވުމަށް އެހީތެރިވޭ. އަދި އެފަދަ ފާރުތަކުގައި ޖަރާސީމު އަށަގަތުމާއި، އެ ފާރުތައް އިތުރަށް ގޯސްވުމުން ދުރުކޮށްދޭނެ. ކޮންމެ ދިރޭ އެއްޗެއްގެ ކުޅުގައިވެސް، އެންޓިބޮޑީސް ހުންނާނެ. އެހެންނަމަވެސް، މިނިކާވަގުވެ ކުޅުގައި މިބައި އެތައް ގުނައަކަށް ގިނަވޭ.