މީދަލަކީ އޭގެ އުނދަގޫ ވަރަށް ބޮޑު ޖަނަވާރެއް. އޭގެ ސަބަބުން ވަރަށްގިނަ ބަލިވެސް ފެތުރޭ ޖަނަވާރެއް. މީދަލަކީ ދިވެހި ރާއްޖޭގެ ރަށްތަކުގައިވެސް ވަރަށް އާންމުކޮށް އުޅޭ ޖަނަވާރެއް. އެސޮރު އުޅޭ ތަންތަނުގައި ހުންނަ ގިނަ އެއްޗެހީގައި މީދާ ދަތް އަޅާފައި ހުރޭ. އަދި ހަފާފައި ނުވަތަ ކައިފައި ހުރޭ. މިއީ ކޮންމެހެން އެ އެއްޗެއް ކާންވެގެން އެސޮރު ކުރާ ކަމެއް ނޫން. މިކަމުގައި ވަރަށްބޮޑު ސިއްރެއްވޭ. މީދަލުގެ އަނގައިގައި ހުންނަ ހަތަރު ފޭރާ ދަތަކީ ދުވަހަކުވެސް ބޮޑުވުން ނުވަތަ ހެދުން ހުއްޓޭ ދަތްތަކެއް ނޫން. އެގޮތުން އެ ދަތްތަކަކީ ދުވާލަކު 0.03 މިލިމީޓަރަށް ދިގުވާ ދަތްތަކެއް. އެހެންކަމުން އެ ދަތްތައް އެކަށީގެންވާ ހެޔޮވަރު ދިގުމިނެއްގައި އަބަދުވެސް ބެހެއްޓޭތޯ އެސޮރު މަސައްކަތް ކުރޭ. އެ ސަބަބަށްޓަކައި ހަރު އެއްޗެހީގައި އެސޮރުގެ އެ ދަތްތައް ކާތާ، ގާނާ ކުޑަކޮށް ހެޔޮވަރު ކުރޭ. މިއީ ހަރުއެއްޗެހީގައި މީދާ ދަތްޖަހާ ކައިފައި ހުންނަ ހަގީގީ ސަބަބު. މީދާ ދަތް ނުޖަހާ އެއްޗެއް ނުހުރޭ ބުނުމަކުން ދޮގަކަށް ނުވާނެ. ހަރު ލަކުޑީއާއި ސިމެންތީގައިވެސް މީދާ ދަތްޖަހާ ހަލާކުކޮށްފައި ހުރޭ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން