ބަކައްޓަކީ އައިން ހަދައިގެން އުޅޭ ޖަނަވާރެއް. މިއީ މަސްކެއުން ޙަލާލު ނައަމްސުއިއްޕެއް. ދިވެހިރާއްޖޭގައިވެސް ބަކަރި ހުއިހައްޕާ މީހުން ވަރަށް ގިނައިން އުޅޭ. ބަކަރި ކޮށްޓެއްގައި އެތައް ބައިވަރު ބަކައްޓެއް އުޅޭ. އަދި ބަކަރި އައިނެއްގައި އެއަށްވުރެ މާ ގިނައިން ބަކަރި އުޅޭ. ބަކަރީގެ ފިރިހެން ވައްތަރަށް ކިޔާ އުޅެނީ ގިތެޔޮ ނުވަޔަ ގިތެލަ. ބަކައްޓަކަށް އަހަރެއްގެ ތެރޭގައި 2 ފަހަރަށް މާބަނޑުވުމުގެ ފުރުސަތު ލިބޭ. ބަކައްޓަކީ ބަނޑުއަޅާ ވިހާ، ގާތުން ކިރުދޭ ޖަނަވާރެއް. ބަކަރިއައިނެއްގައި އެތައް ބަކައްޓެއް އުޅޭ އިރު، އެސޮރުގެ ދަރިން އެ އައިނުން ފާހަގަ ކުރަނީ ތަފާތު ހުނަރެއް ބޭނުން ކޮށްގެން. ކޮންމެ ބަކައްޓަކީ ތަފާތު ބަކައްޓެއް ނަވެސް އެ ބަކަރީގެ މައި ބަކަރި އޭގެ ދަރިން ހޯދަނީ އެ ބަކަރި ތަކުގެ ސިފަ ނުވަގަ ކުލައަށް ބަލައިގެނެއް ނޫން. އެހެންނަވެސް ވަހަށް ބަލައިގެން. ކޮންމެ ބަކައްޓެއްވެސް އުފަންވާއިރު އެބަކަށްޓަކަށް ހާއްސަ ވަހެއް އޭގައި ހުރޭ. އިންސާނުންނަށް މި ވަސް ވަކިކުރަން ނޭނގުނަސް އެސޮރުމެންގެ މައި ބަކައްޓަށް މި ވަސް ފާހަގަ ކުރަން އެނގޭނެ. މިއީ ބަކަރި އެސޮރުގެ ދަރިން ހޯދާ ނުވަތަ ފާހަގަ ކުރާ ގޮތް. ކުލަ އާއި ސިފައަށްވުރެ ބޮޑަށް ބަލަނީ މި ވަހަށް.